ގަދަކަމުން މަންމައާ އެކު ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއްގައާއި ކުޑަކުއްޖެއްގެ ހާޒިރުގައި ޖިންސީ އަމަލެއް ހިންގި މައްސަލައެއްގައި މީހަކު 16 އަހަރަށް ޖަލަށް ލުމަށް ގއ. ކޮލަމާފުށީ މެޖިސްޓްރޭޓު ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އެ މައްސަލާގައި 16 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ އެ ރަށު ސިލްވާޝީން، އަބްދުﷲ ނިޒާމް 39، ގެ މައްޗަށެވެ.

މަންމައާ އެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގުމުގެ ކުށްނިޒާމްގެ މައްޗަށް ސާބިތުވެގެން ހުކުމް ކުރީ 39 އެތިފަހަރުން ތައުޒީރުކޮށް ހަ އަހަރަށް ޖަލަށް ލާށެވެ. އަދި ކުޑަކުއްޖެއްގެ ހާޒިރުގައި ޖިންސީ އަމަލެއް ހިނގުމުގެކުށް ސާބިތުވެ، ހުކުމް އިއްވީ 10 އަހަރަށް ޖަލަށް ލުމަށެވެ.

މި ދެ މައްސަލައަކީ ގއ. ވިލިގިލި ޕޮލިސް ސްޓޭޝަނުން ތަހުގީގުކޮށް ނިންމާފައިވާ ދެ މައްސަލަ އެވެ. ނިޒާމް ކުޑަކުއްޖެއްގެ ހާޒިރުގައި ބަދުއަހުލާގީ ޢަމަލު ހިންގި މައްސަލަ ފުލުހުންނަށް ހުށަހެޅީ ފެބްރުއަރީ 19. 2010 ގަ އެވެ. ނިޒާމް ގަދަކަމުން އޭނާގެ މަންމައާ ބަދު އަހުލާގީ އަމަލު ހިންގި މައްސަލަ ފުލުހުން ބަލަން ފެށީ ވެސް އެދުވެހުގެ ރޭގަ އެވެ.

ނިޒާމް އޭނަގެ މަންމައާއި މެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައިގެ ތަހުގީގު ނިންމާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ ވަނީ އޭޕްރީލް 5، 2010 ގަ އެވެ. އަނެއް މައްސަލަ 19 ، ސެޕްޓެމްބަރު 2011 ގަ އެވެ. ދެ މައްސަލަ ކޯޓަށް ވެއްދީ މި އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެވެ.