10:00


ޖުޑިޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރުން އައްޔަން ކުރަމުންދަނީ ގާނޫނު އަސާސީ އާއި އިސްލާމީ އުސޫލުތަކާ ހިލާފަށް ކަމަށް ބުނެ ފަނޑިޔާރުންނާ ބެހޭ ޤާނޫނެއް ނެތިސް ފަނޑިޔާރުން އައްޔަން ނުކުރުމަށް އެމްޑީޕީން ގޮވާލައިފި އެވެ.


އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި އެ ޕާޓީގެ އާއްމު ޖަލްސާގައި މަޑަވެލި ދާއިރާގެ މެންބަރު އަހްމަދު ނާޒިމު ވިދާޅުވީ، ޖުޑީޝަލް ސާވިސް ކޮމިޝަނުން ކުރިއަށްގެންދާ ގާނޫނު އަސާސީއާ ހިލާފް މަސައްކަތްތައް ހުއްޓުވުމަކީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ލިބިގެންވާ ބާރެއް ކަމަށެވެ. އަދި އިއްޔެ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ފުލުހުން ފޮނުވީ ރައީސަށް ލިބިވަޑައިގަންނަވާ އެ ބާރުގެ ދަށުން ކަމަށް ވެސް ނާޒިމު ވިދާޅުވި އެވެ.


ގާނޫނު އަސާސީއާ ހިލާފް އެއްވެސް ކަމަކަށް އެމްޑީޕީން ފުރުސަތު ނުދޭނެ ކަމަށާއި، ޖުޑިޝަލް ސާވިސް ކޮމިޝަނުން ހިންގާ ގާނޫނު އަސާސީއާ ހިލާފް ކަންތައްތައް ހުއްޓުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.