09 Mar 2023, 11:14
އިންޑިއަން އައިޑޮލްއިން ވިދާލި މަޝްހޫރު ތަރިންކަމަށްވާ ޕަވަންދީޕް ރަޖަން އާއި އަރުނީތާ ކަންޖީލާލްގެ 'މިއުޒިކަލް އައިޑަލް' ޝޯ އެސްއެސް ޓީވީން މިރޭ ދެއްކުމަށް ނިންމައިފިއެވެ.
މި މަހުގެ ތިން ވަނަ ދުވަހު ހުޅުމާލެ ސިންތެޓިކް ސްޓޭޑިއަމްގައި ކުރިއަށް ދިޔަ މި ޓުއަނިވަލް ހަރަކާތުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވާއިރު، މި ޝޯއަށް ބޮޑު ތަރުހީބެއް ލިބުނެވެ.
މިޝޯ ދައްކާނީ އެސްއެސް ނެޓްގެ ފުރަތަމަ ޗެނަލް "އެސްއެސް ޓީވީ" އިން މިރެއާއި މާދަމާ ރޭ 10:00 ގައެވެ. މި ޝޯ ހަމައެކަނި ދައްކާނީ އެސްއެސްޓީވީއިންނެވެ.
ޓީވީއިން ދައްކާ އެ ޝޯ ސްޕޮންސާ ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.ސްޕޮންސާ ކުރަން ޝައުގުވެރިވާ ފަރާތްތަކުން އެސްއެސް މީޑިއާގެ މާކެޓިން ހޮޓްލައިން 7970076 އަށް ގުޅުމުން އިތުރު ތަފްސީލް ލިބޭނެއެވެ.
މި ޝޯގައި ޕަވަންދީޕްއާއި އަރުނީތާ ވަނީ ހިތްގައިމު ލަވަތަކެއް ހުށަހަޅައިދީފައެވެ. އެއީ ދިވެހީންގެ މެދުގައި ވަރަށް މަގުބޫލް ދެ ތަރިންނެވެ.
މި ހަރަކާތް އިންތިޒާމުކުރުމުގައި ޔޫތު މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީން ވެސް ވަނީ ބައިވެރިވެފައެވެ.