06 Mar 2023, 18:29
ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން މާޗު އިންޓޭކުގެ މުއްދަތު އިތުރުކޮށްފިއެވެ.
މިކަމާ ގުޅޭ ގޮތުން އެ ކޮލެޖުން ބުނީ, މާޗް އިންޓޭކްގެ މުއްދަތު މީގެ ކުރިން މިދިޔަ މަހުގެ ނިޔަލަށް އޮތް ނަމަވެސް މިހާރު އެ މުއްދަތު އަންނަ ބުރާސްފަތި ދުވަހަށް އިތުރު ކޮށްފައިވާ ކަމަށެވެ.
ޒިކުރާ އިންޓަނޭޝަނަލް ކޮލެޖަކީ ނޭޝަނަލް ސެޓްފިކެޓް ތިނަކުން ފެށިގެން މާސްޓާސްއާ ހަމައަށް ތަފާތު އެކި ޕްރޮގްރާމްތައް ކުރިއަށްގެންދާ ކޮލެޖެކެވެ. އެގޮތުން އެ ކޮލެޖުން މި ވަގުތު ވެސް ނޭޝަނަލް ސެޓްފިކެޓް ތިނަކުން ފެށިގެން ބެޗްލާސް ޕްރޮގްރާމްގެ ތަފާތު އެކި ކޯސްތައް ޖެނުއަރީ އިންޓޭކްއިން ފެށިގެން ކުރިއަށް އެބަގެންދެއެވެ.
ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ ފުރަތަމަ ޑިގްރީގެ ގިނަ ޕްރޮގްރާމްތަކަކީ ސަރުކާރުގެ ހިލޭ ޑިގްރީގެ ދަށުން ހިންގާ ޕްރޮގްރާމްތަކެވެ. ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން ހިންގާ ބެޗްލާ އޮފް އޮފީސް މެނޭޖްމެންޓް، ބެޗްލާ އޮފް ބިޒްނަސް މެނޭޖްމެންޓް، ބެޗްލާ އޮފް ހިއުމަން ރިސޯސެސް މެނޭޖްމެންޓް އަދި ބެޗްލާ އޮފް ޓީޗިން ގުރުއާން އަކީ ވަރަށް ގިނަ އަދަދެއްގެ ދަރިވަރުން ޝައުގުވެރިކަން ހުންނަ ޕްރޮގްރާމްތަކެވެ.
މީގެ އިތުރުން އެ ކޮލެޖަކީ ބިޒްނަސް ދާއިރާއާ ގުޅުން ހުރި ވަރަށް ގިނަ އޮންލައިން ޕްރޮގްރާމްތައް ކުރިއަށްގެންދާ ކޮލެޖެކެވެ.
ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ ޖެނުއަރީ އިންޓޭކްގައި ވަރަށް ގިނަ އަދަދެއްގެ ދަރިވަރުން ތަފާތު އެކި ޕްރޮގްރާމްތަކަށް ކުރިމަތިލާފައިވާ ކަމަށް އެ ކޮލެޖުން ބުނެއެވެ. ހާއްސަކޮށް، ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން ހިންގާ ޕްރޮގްރާމްތަކަށް ކުރިމަތިލާފައިވާ ދަރިވަރުންގެ އަދަދު ގިނަކަން ފާހަގަ ކުރެވޭ ކަމަށް އެ ކޮލެޖުން ބުންޏެވެ.
ހަމަ އެހެންމެ، މާޗް އިންޓޭކްގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ޖެނުއަރީ އިންޓޭކްގެ ބެޗް ފުލް ވެގެން ޖާގަ ނުލިބި ތިބި ހުރިހާ ދަރިވަރުންނަށް ފުރުސަތުދިނުމަށް ކަމަށް އެ ކޮލެޖުން ބުނެއެވެ.
ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ އެންމެ ބޮޑު އެއް އަމާޒަކި ފެންވަރު ރަނގަޅު މަތީ ތައުލީމެއް ދަރިވަރުންނަށް ފޯރުކޮށްދިނުން ކަމަށް އެ ކޮލެޖުން ބުނެއެވެ.