މިނިސްޓަރު އޮފް ސްޓޭޓް ފޯ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކަމަށް ބޭފުޅަކު ހަމަޖައްސަވައިފި އެވެ.

އެ މަގާމަށް ހަމަޖެއްސެވީ ދަފްތަރު ނަންބަރު 4742 މުހައްމަދު އަހުމަދެވެ.

މީގެއިތުރުން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ކަމަށް މިނިސްޓަރުގެ ނައިބު ފެންވަރުގައި އައްޑުއަތޮޅު ފޭދޫ އާރާމުގޭ ހުސައިން ޖަލީލު ވެސް ވަނީ އައްޔަން ކުރައްވާފަ އެވެ.