04 Mar 2023, 16:26
ކޮންސްޓަރަކްޝަން ސައިޓަކުން ވެއްޓުނު ދަގަނޑު ބުރިއަކުން ޖެހި މާލޭގެ ގެއްގެ ފުރާޅުގެ ފޫގޮސްފިއެވެ.
އެ ހާދިސާ ހިނގާފައި ވަނީ މިއަދު 2:30 ހާއިރުއެވެ. ފޮރެންސިކް ފުލުހުން ވެސް ވަނީ ގެއްލުން ލިބުނު މއ. ވައިލެޓްވިލާގެއަށް ގޮސްފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.
އެ ހާދިސާގެ ބައެއް ފޮޓޯތައް "ސަން"އަށް ވަނީ ލިބިފައެވެ. ފޮޓޯތަކުން ފެންނަގޮތުގައި ތޫނު ދަގަނޑެއް ވެއްޓުމުގެ ސަބަބުން އެގޭގެ ކޮޓަރިއެއްގެ ސީލިންގް ވަނީ ފޫއަޅުވާލާފައެވެ.
އެނގިފައިވާގޮތުގައި ތޫނު ދަގަނޑެއް ވެއްޓި ގެއްލުންވީ އުމުރުން ދުވަސްވީ މީހަކު ދިރިއުޅޭ ކޮޓަރިއެއްގެ ފުރާޅަށެވެ.

ކޮންސްޓަރަކްޝަން ސައިޓަކުން ވެއްޓުނު ދަގަނޑު ބުރިއަކުން ޖެހި މާލޭގެ ގެއްގެ ފުރާޅުގެ ފޫގޮސްފައި ---
މާލޭގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމުގެ ތެރޭގައި މީގެކުރިން ވެސް ތަފާތު ހާދިސާތައް ހިނާގަފައިވެއެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހެންވޭރުގައި ހަދަމުންދިޔަ އިމާރާތެއްގައި ހިނގި ހާދިސާއެއްގައި އެތަނުގައި މަސައްކަތް ކުރަން އުޅުނު މީހެއްގެ މޫނަށް ވަނީ ދަގަނޑެއް ހެރިފައެވެ.
މާލޭގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމުގެ ތެރޭގައި ހިނގި ހާދިސާތަކުގައި ބައެއް މީހުން މަރުވެސް ވެފައިވެއެވެ.