04 Mar 2023, 15:10
އެޗްޑީސީގެ ނަމުގައި އާންމު ފަރާތްތަކަށް އެކި ލިންކު ހިމެނޭ މެސެޖުތައް ލިބެމުންދާކަން ފާހަގަވެފައިވާތީ، އެކަމަށް ސަމާލުވާން އެ ކުންފުނިން އިލްތިމާސްކޮށްފިއެވެ.
އެޗްޑީސީއިން ބުނީ އެކުންފުނީގެ ނަމުގައި އެކި ލިންކު ހިމެނޭ މެސެޖުތައް އާންމުންނަށް ފޮނުވަމުންދާ ކަން ފާހަގަވެފައިވާ ކަމަށެވެ. އަދި އެފަދަ މެސެޖުތަކުގައި ހުންނަ ލިންކުތަކަށް ނުފިއްތަން އެ ކުންފުނިން ވަނީ އެދިފައެވެ.
އެކި ކަހަލަ ފްލެޓްތަކާއި، ބިންތަކާއި އަދި އެނޫންވެސް އަގުހުރި މުދާ ލިބޭ ކަމަށް ބުނެ އެޗްޑީސީގެ ނަމުގައި އެސްއެމްއެސް އަދި ފޯން ކޯލު ފޮނުވުން ދާދިފަހުން އާންމުވިއެވެ.

އެފަދަ ލިންކުތަކަށް ސަމާލުވާން އެދުނު ނަމަވެސް، މަދުން ނަމަވެސް އެފަދަ ލިންކުތަކަށް ފިއްތައި ބޮޑެތި އަދަދުތަކުން ގެއްލުން ވެފައި އެބަ ހުއްޓެވެ.
ނިމިދިޔަ އަހަރު އެކަނިވެސް ހާހަކާ ގާތްކުރާ އަދަދަކަށް ސްކޭމް މައްސަލަ ފާހަގަވިއެވެ. އެކަމުގެ ސަބަބުން 23 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން އެކި މީހުންނަށްވިއެވެ.