ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހުންނަށް ޚާއްސަކޮށްގެން، އެޗްޑީސީއިން އެ ސަރަހައްދުގައި ބާބަކިއުކުރާ ތަނެއް ގާއިމްކޮށްފިއެވެ.

އެ ސަރަހައްދު ރަސްމީކޮށް ހުޅުވުމުގެ ގޮތުން ހިޔާ ސަރަހައްދުގައި ދިރިއުޅޭ އާންމުންނަށް ބާބަކިއު އިވެންޓެއް އެޗްޑީސީގެ ފަރާތުން ވަނީ ބާއްވާފައެވެ.

މިއަދު ހަވީރު ކުރިއަށްދިޔަ މި އިވެންޓުގައި ހިޔާ ކޮމިއުނިޓީތަކުގެ އިސް ބޭފުޅުންނާއި, އެޗްޑީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު ހަވީރު ކުރިއަށްދިޔަ މި އިވެންޓުގައި ހިޔާ ކޮމިއުނިޓީތަކުގެ އިސް ބޭފުޅުންނާއި, އެޗްޑީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި--- ފޮޓޯ/ އެޗްޑީސީ

އެޗްޑީސީއިން ބުނީ ހުޅުމާލޭގައި ބާބަކިއު ހަދާނެ ސަރަހައްދެއް ގާއިމުކުރުމަކީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ލިބޭ އިތުރު ފަސޭހައެއް ކަމަށް ގަބޫލު ކުރާ ކަމަށެވެ.

އެޗްޑީސީއިން ބުނީ، ހިޔާ ސަރަހައްދުގައި މިހާރު ކުރަމުންދާ ގިނަ މަސައްކަތްތައް ކުރުމުގައި އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައި, ރައްޔިތުން ބޭނުންވާ ގޮތަށް އެސަރަހައްދަށް ތަރައްގީ ގެނައުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށެެވެ.