ދީނީ މައުލޫމާތާއި ޒީނަތްތެރިވުމަށް ބޭނުންވާ މައުލޫމާތާއި ދުޅަހެޔޮ ސިއްހަތަށް ބޭނުންވާ މައުލޫމާތު ހިމަނައިގެން "ޑަބްލިއު ލައިފްގެ"ނަމުގައި ވަތަނިއްޔާ އިން އެސްއެމްއެސް މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދޭ ހިދުމަތް ފަށައިފި އެވެ.

ވަތަނިއްޔާ އިން ބުނީ "ޑަބްލިއު ލައިފް" އެސްއެމްއެސް މެދުވެރިކޮށް ފްލައިޓް ޝެޑިއުލް މައުލޫމާތާއި ފެރީ ދަތުރުގެ ޝެޑިއުލް ފަދަ މައުލޫމާތުތައް ވެސް ހިމެނޭނެ ކަމަށެވެ.

ވަތަނިއްޔާ އިން ބުނީ އެ ހިދުމަތަށް މަހު ފީއެއްގެ ގޮތުގައި 10ރ. ނަގާނެ ކަމަށެވެ.