17 Apr 2012, 16:05
އަހަރަކު އެއްފަހަރު ބާއްވާ "ވޯލްޑް ޓްރެވަލް އެވޯޑް"ގެ ގިނަ މަގާމުތަކަށް މި ފަހަރު ވެސް ރާއްޖެ ވާދަކުރަމުން އެބަދެ އެވެ.
ބައިނަލް އަގްވާމީ ބޮޑެތި ހޮޓެލް ޗެއިން ތަކާއި ޓްރެވަލް އެޖެންޓުން ވާދަކުރާ އެ އެވޯޑުގައި ރާއްޖޭގެ ބައެއް ރިސޯޓްތަކާއި ޓްރެވަލް އެޖެންސީތައް ވަނީ 15 ވަރަކަށް މަގާމަކަށް ނޮމިނޭޓްވެފަ އެވެ. އެގޮތުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ވަނީ އިންޑިއާ ކަނޑުގެ ލީޑިން އެއާޕޯޓުގެ ގޮތުގައި ނޮމިނޭޓް ވެފަ އެވެ. އަދި މާލޭގެ ކޮމާޝަލް ހާބަރު، ލީޑިން ހާބަރުގެ ގޮތުގައި ނޮމިނޭޓްވެފައި ވެއެވެ.
ރާއްޖޭގެ ވާދަވެރި މަންޒިލްތައް ކަމުގައިވާ ޝީސެލްސް އާއި މޮރިޝަސްއާއެކު ރާއްޖެއިން އެ އެވޯޑަށް ވާދަކުރާއިރު އިނަ މޯލްޑިވްސް އާއި ވާމިލިއަން އިންޓަނޭޝަނަލް އަންނަނީ އިންޑިއާ ކަނޑުގެ ލީޑިން ޓްރެވަލް އެޖެންސީގެ އެވޯޑަށް ވާދަކުރަމުންނެވެ. އަދި ޔުނިވާސަލް ރިސޯޓްސް އިން އިންޑިއާ ކަނޑުގެ ވޯޓާ ވިލާ އެވޯޑަށް ވާދަކުރެ އެވެ.
މީގެ އިތުރުން ރާއްޖޭގެ އެހެން ރިސޯޓްތައް އިންޑިއާ ކަނޑުގެ އެންމެ ލަގްޒަރީ ރިސޯޓާއި އެންމެ އަގުބޮޑު މޫދު ކޮޓަރީގެ އެވޯޑް އަދިވެސް މި ސަރަހައްދުގެ އެހެން އެ ވޯޑްތަކަށް ވާދަކުރެ އެވެ.
ޓްރެވަލް އިންޑަސްޓްރީގެ "އޮސްކާ"ގެ ނަމުން މަޝްހޫރުވެފައިވާ އެ އެވޯޑުން މިދިޔަ އަހަރުވެސް ރާއްޖޭގެ ރިސޯޓްތަކާއި ޓްރެވަލް އެޖެންސީތަކުން ރަން ވަނަތަކެއް ހޯދި އެވެ.