27 Feb 2023, 01:30
ރާއްޖޭގައި މިހާރު ކުޅޭ ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި މެލޭޝިއާާއިން ރާއްޖޭގެ ފިރިހެން ވޮލީ ޓީމު ބަލިކޮށް ފައިނަލަށް ދަތުރުކޮށްފިއެވެ.
ޔޫތު ސެންޓަރުގައި އާދިއްތަ ދުވަހު ކުޅުނު އެ މެޗު މެލޭޝިއާއިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.
އެ މެޗުގެ ފުރަތަމަ ސެޓުގައި ރާއްޖާގެ ފަރާތުން ވަނީ ރިސީވް ކުރުމުގައި ގިނަ ގޯސްތަކެއް ފެނިފައެވެ. އެ ސެޓު މެލޭޝީއާއިން ކާމިޔާބުކުރީ 25-14 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ދެވަނަ ސެޓުގައި ރާއްޖޭގެ ކުޅުން ރަނގަޅުކޮށްް މެލޭޝިއާއަށް ހާސްކަން ގެނުވިއެވެ. ނަމަވެސް އެ ސެޓު މެލޭޝިއާއިން ކާމިޔާބުކުރީ 25-18 ގެ ނަތީޖާއަކުންނެވެ. އަދި މެޗުގެ ފަހު ސެޓު މެލޭޝިއާއިން ކާމިޔާބުކުރީ 25-23 ގެ ނަތީޖާއަކުންނެވެ.
މާދަމާ ހަވީރު ކުޅޭ ފައިނަލުގައި މެލޭޝިއާ ކުޅޭނީ ފުރަތަމަ ސެމީގައި އަފްގާނިސްތާން ބަލިކުރި ސިންގަޕޫރާ ދެކޮޅަށެވެ.
އެ މުބާރާތުގެ އަންހެން ސެމީ ފައިނަލް މެޗު މެލޭޝިއާއާ ވާދަކޮށް ރާއްޖޭގެ އަންހެން ވޮލީ ޓީމުން ކާމިޔާބުކޮށް ވަނީ ފައިނަލަށް ދަތުރުކޮށްފައެވެ. އެ މެޗު ކުޅޭނީ މިރޭޭ 20:15 ގައެވެ.