ޕްރިމިއާ ލީގް:
އިނގިރޭސި ލީގުގެ ތާވަލްގެ ދެ ވަނަ ހޯދުމަށް އާސެނަލްއިން ކުރި މަސައްކަތަށް އެ ޓީމު 2-1 އިން ބަލިކޮށް ވިގަންއިން ހުރަސްއަޅައިފި އެވެ.

މިހާރު ތާވަލްގެ 16 ވަނައިގައި ވިގަން އޮތީ 34 ޕޮއިންޓާއެކު އެވެ. އަދި ރޭގެ މެޗުން ބަލިވި އާސެނަލް ތާވަލްގެ ތިން ވަނާގައި އޮތީ 64 ޕޮއިންޓާ އެކުގައެވެ.

ރޭގެ މެޗުގައި އާސެނަލްގެ ހަމައެކަނި ލަނޑު ފެނިގެން ދިޔައީ މެޗުގެ ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި ޑިފެންޑަރު ތޯމަސް ވާމަލަންގެ ފަރާތުންނެވެ. މެޗުގައި ވިގަންއަށް ލަނޑުތައް ކާމިޔާބު ކޮށްދިން ކުޅުންތެރިން ނަކީ ޑި ސަންޓޯ އާއި ގޮމޭޒް އެވެ.

ލީގުގެ އެއްވަނާގައި އަދި ވެސް އޮތް މެންޗެސްޓާ ޔުނައިޓެޑް 82 ޕޮއިންޓާއެކު އޮތް އިރު، ދެވަނާގައި އޮތް މެންޗެސްޓާ ސިޓީއަށް ލިބިފައި ވަނީ 77 ޕޮއިންޓެވެ.

ޖުމްލަ 20 ޓީމް ވާދަކުރާ މިމުބާރާތުގެ އެންމެ ފުލުގައި އޮތީ 23 ޕޮއިންޓާއެކު ވުލްވޮސް އެވެ.