23 Feb 2023, 09:37
ސިޔާސީ ޕާޓީތައް ހިންގުމަށް މި އަހަރުގެ ބަޖެޓުން ކަނޑައަޅާފައިވާ 36.9 މިލިއަން ރުފިޔާ ހަ ޕާޓީއަކަށް، ދޫކުރަން އިލެކްޝަންސް ކޮމިޝަން(އީސީ)އިން ނިންމައިފިއެވެ.
އީސީއިން ބުނީ، މި ނިންމުން ނިންމީ ފާއިތުވި އަހަރުގެ އޮޑިޓް ރިޕޯޓާއި، އަހަރީ ރިޕޯޓު އީސީއަށް ހުށަހެޅުމުން ކަމަށެވެ. އެގޮތުން ފައިސާދޭން ނިންމާފައިވާ ހަ ޕާޓީއާއި އެ ޕާޓީތަކަށް ދޭން ނިންމާފައިވާ ފައިސާގެ އަދަދަކީ:
އެމްޑީޕީ: 14.2 މިލިއަން
- އަދާލަތު ޕާޓީ: 2.4 މިލިއަން
- ޖުމްހޫރީ ޕާޓީ: 5.7 މިލިއަން
- ޕީޕީއެމް: 9.5 މިލިއަން
- އެމްޑީއޭ: 2.6 މިލިއަން
- އެމްއެންޕީ: 2.4 މިލިއަން
އިލެކްޝަންސް ކޮމިޝަނުން ފައިސާ ދޫކުރަނީ 10،000 މެންބަރުން ހަމަވެފައިވާ ޕާޓީތަކަށް އެކަންޏެެވެ. ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން ހުއްޓާލުމުން ޕާޓީއަށް ވަގަށް މީހުން ވެއްދުން ހުއްޓޭނެކަމަށް ވެސް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމަކީ ތަހުޒީބު ޑިމަކްރަސީތަކުގައި ކޮށް އުޅޭ ކަމެއް ނޫން ކަމަށް ބުނެ، އެގޮތަށް ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޫކުރާ ފައިސާ ހުއްޓައިލަން ރައްޔިތުންގެ މަޖިލީހަށް މީގެ ކުރިން ހުށަހަޅާފައިވެއެވެ.
އެކަމަކު، އެކަށީގެންވާ ތާއީދު ނުލިބުމުގެ ސަބަބުން މަޖިލީހުން ވަނީ އެ އިސްލާހު ބޭރުކޮށްލައިފައެވެ.