21 Feb 2023, 22:21

ރައްޖޭގައި ބޭއްވި އެންމެ ފުރަތަމަ ބާ އިމްތިހާނުން ފާސްވި ދަރިވަރުން ވަކީލުކަމުގެ ހުވާކޮށްފިއެވެ.
މިކަމަށްޓަކާ ޚާއްސަކޮށް އިއްޔެ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ބާ ކައުންސިލްގެ އެގްޒެކެޓިވް މެމްބަރުންނާއި ކެބިނެޓް މިނިސްޓަރުން އަދި ގަނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.
ވަކީލުންނަށް ހުވާ ލައިދިނީ ހައިކޯޓުގެ ފަނޑިޔާރު ހުސައިން މަޒީދެވެ. މި ރަސްމިއްޔާތުގައި 73 ވަކީލުން ވަނީ ވަކީލުކަމުގެ ހުވާ ކޮށްފައެވެ. މި ރަސްމިއްޔާތުގައި ވަނީ ފަސް އެވޯޑެއް ދީފައެވެ. އެއީ:
ބާ އިމްތިހާނުން މަތީ ވަނަތައް ހާސިލްކުރި ފަރާތްތަކަށް ދިން ޓޮޕް އެޗީވާސް އެވޯޑް
- އިންސްޓިޓިއުޝަނަލް ސާވިސް އެވޯޑް
- ބާ އިމްތިހާނުން އެންމެ މަތީ ވަނަ ހޯދު ފަރާތަށް ދިން އެކްސެލެންސް އެވޯޑު
- އެކްސްޓްރާ އޯޑިނަރީ ސާވިސް އެވޯޑް
- ސާވިސް އެޕްރިސިއޭޓަން އެވޯޑް

ވަކީލު ކަމުގެ ހުއްދަ ހޯދަން، ބާ އިމްތިހާނު ފުރިހަމަކުރަން ޖެހޭ ގޮތަށް ހަމަޖެއްސީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. މިއީ ރާއްޖޭގައި ބާ އިމްތިހާނެއް ހަދާ ވަކީލުން ވަކީލުކަމުގެ ހުވާކުރި ފުރަތަމަ ފަހަރެވެ.