17 Apr 2012, 10:32
އދ. އަށް ކަންޑައަޅުއްވާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ކަމަށް، އެމެރިކާގައި ހުންނަވާ ސަފީރު އަހްމަދު ސަރީރު ހަމަޖެއްސުމަށް ރައްޔިތުންގެމަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
އެމެރިކާގައި ހުންނަވާ ސަފީރުގެ އިތުރުން އދ.ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ކަމަށް ސަރީރު ހަމަޖެއްސެވުމަށް ޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މަޖިލީހަށް ފޮނުއްވި ސިޓީފުޅު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް އިއްވުމުން އޭނާގެ ނަން ދިރާސާކުރުމަށް ގައުމީ ސަލާމަތީ ކޮމިޓީ އަށް ވަނީ ފޮނުވައިފަ އެވެ.
އެމެރިކާގެ ސަފީރަކަށް ހަމަޖެއްސެވުމުގެ ކުރިން ސަރީރު ހުންނެވީ ބަންގްލަދޭޝް އަށް ރާއްޖޭ އިން ކަނަޑައެޅުއްވި ސަފީރުގެ ގޮތުގަ އެވެ.
ސަރީރުގެ ނަން އދ.ގެ ދާއިމީ މަންދޫބު ކަމަށް ހަމަޖެއްސެވުމަށް ހުށަހެޅުއްވީ، އެމެރިކާ އަށާއި އދ. އަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު އަބްދުލްޣަފޫރު މުހައްމަދު އިސްތިއުފާ ދެއްވުމުންނެވެ.