ސިނަމާލެ ބުރިޖާ ގުޅިފައިވާ ހައިވޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

އެ މަންޒަރު ދުއް "ސަން"ގެ ނޫސްވެރިއަކު ބުނިގޮތުގައި އެކްސިޑެންޓު ވެފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލު ކޮންޓްރޯލް ނުވެގެން ގޮސް ހައިވޭ މަތިން ކަހާލައިގެންނެވެ.

އޭނާ ބުނިގޮތުގައި އެ އެކްސިޑެންޓުގައި ބޮޑަށް އަނިޔާވެފައިވަނީ ސައިކަލު ފަހަތުގައި އިން އަންހެނަކަށެވެ. ސައިކަލު ދުއްވަން އިން މީހާއަށް ވެސް އަނިޔާވެފައިވާކަމަށް ނޫސްވެރިޔާ ބުންޏެވެ.

އެ އެކްސިޑެންޑުގައި އަނިޔާވި ދެ މީހުން ހޮސްޕިޓަލަށް އިތުރު ފަރުވާއަށް ގެންގޮސްފައިވާކަމަށް ވެސް އޭނާ ބުންޏެވެ.