އެމެރިކާގެ މަޝްހޫރު ތަރިން މޭގަން ފޮކްސް އާއި މެޝީން ގަން ކެލީ ރުޅިވި ކަމަށް ބުނެ ދައްކާ ވާހަކަތައް މޭގަން ދޮގުކޮށްފިއެވެ.

މިދިޔަ އަހަރު އެންމެ ގިނައިން އިންޓަނެޓާއި މީޑިއާތަކުން ފެނިފައިވާ ޖޯޑަކީ އެކްޓަރު މޭގަން އާއި ލަވަކިޔުންތެރިޔާ މެޝީން ގަން ކެލީއެވެ.

މި ޖޯޑު ދާދި ފަހުން ވެސް އެކީގައި ފެނިފައި ވަނިކޮށް ކުއްލިއަކަށް ފެނުނީ މޭގަންގެ އިންސްޓަގްރާމްގައި ދެމީހުން އެކީގައި ނަގާފައިވާ ހުރިހާ ފޮޓޯތަކެއް އޭނާ ޑިލީޓް ކޮށްލި ތަނެވެ. އެއަށްފަހު، ދެމީހުން ރުޅިވެފައިވާ ކަމާއި މޭގަންއަށް މެޝީން ގަން ބޭވަފާތެރިވެފައިވާ ކަމަށް ދޭހަވާ މޭރުމަކުން އޭނާ ޕޯސްޓެއް އާންމުކުރިއެވެ.

އެކަމާ ގުޅޭގޮތުން އިތުރު ވާހަކައެއް މޭގަން ވެސް އަދި މެޝީން ގަން ވެސް ދައްކާފައި ނުވާއިރު، ފަހުން މޭގަންގެ އެކައުންޓު ވެސް ވަނީ ޑިލީޓް ކޮށްލާފައެވެ.

މިކަމާ ގުޅިގެން ވާނުވާ ނޭނގި ފޭނުން ތިއްބައި އެންމެފަހުން މޭގަން ވަނީ އޭނާއާ ބެހޭ ގޮތުން ދައްކާ ވާހަކަތަކަށް ރައްދެއް ދީފައެވެ. މޭގަން ބުނެފައިވަނީ މެޝީން ގަން އޭނާއަށް ބޭވަފާތެރިވެފައިވާ ކަމަށް ބުނާ މޭރުމުން ވެސް މީހުން ވާހަކަ ދައްކާފައިވާ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ވާހަކައަކީ ތެދު ވާހަކައެއް ނޫން ކަމަށް މޭގަން ބުންޏެވެ.

View this post on Instagram

A post shared by Megan Fox (@meganfox)

އިންސްޓަގްރާމް ޕޯސްޓެއްގައި މޭގަން ބުނެފައި ވަނީ އެ ދެމީހުންގެ މެދުގައި މައްސަލަައެއް ޖެހިފައި ނުވާ ކަމަށެވެ. އަދި މިފަދަ ދޮގު ވާހަކަތައް ނުފެތުރުމަށް ވެސް މޭގަން ވަނީ ބުނެފައެވެ.

މިކަމާ ގުޅޭގޮތުން މެޝީން ގަން ވަކި އެއްޗެކޭ ބުނެފައެއް ނުވެއެވެ.

މޭގަން އާއި މެޝީން ގަން ލޯބީގެ ގޮތުން ގުޅިފައިވަނީ 2020 ވަނަ އަހަރުގައެވެ. އެއަށްފަހު މިދިޔަ އަހަރުގެ ކުރީކޮޅު ދެމީހުން ވަނީ އެންގޭޖުވެފައެވެ.