19 Feb 2023, 12:31
އެމްޑަބްލިއުއެސްސީގެ ފެނުގެ ނިޒާމަށް ދިމާވި މައްސަލަ ހައްލުކޮށް މިއަދު މެންދުރު ދޭއް ޖަހާއިރު ތިލަފުއްޓަށް ފެން ފޯރުކޮށްދޭން ފަށާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ވިދާޅުވީ، ތިލަފުށީގައި ފެން ފޯރުކޮށްދިނުމަށް ބޭނުންކުރާ ދެ ޓޭންކުގެ ތެރެއިން ޓޭންކެއް ފަޅައިގެން ގޮސްފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން ތިލަފުށީގައި ފެން ފޯރުކޮށްދިނުމަށް ދަތިވެފައި ވާކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ތިލަފުއްޓަށް ކުރިމަތިވެފައިވާ މައްސަލަ ހައްލުކުރުމަށް މިހާރު ކުރަނީ ހޮޅިތައް ސާފުކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މިއަދު މެންދުރު ދޭއް ޖަހާއިރު އެ މައްސަލަ ހައްލުވާނެކަމަށް އޭނަ ވިދާޅުވިއެވެ.
"މި ވަގުތު ވެސް އަޅުގަނޑުމެނަށް ފެން ފޯރުކޮށްދެވިދާނެ. އެކަމަކު އޭރުން އަނެއްކާ ފަހުން ފެން ކެނޑޭނެ. އެހެންވީމަ އަޅުގަނޑުމެން ބޭނުންވަނީ މައްސަލަ އެއްކޮށް ހައްލުކޮށްފަ ފެން ދޭން ފަށަން،" ޝާހު ވިދާޅުވިއެވެ.