ވެރި ރަށް މާލެ އިން ފަސް މިލިއަން ރުފިޔާއަށް ގޯއްޗެއް ވިއްކާލައިފިއެވެ.

ސިވިލް ކޯޓުގެ ހުކުމުން އެނގޭ ގޮތުގައި މާލެ އިން ފަސް މިލިއަން ރުފިޔާއަށް ވިއްކާލާފައިވަނީ ހ. ޓުވައިން ފުލާވާ ނަމަކަށް ކިޔާ، ބޮޑު މިނުގައި 720.33 އަކަފޫޓު ހުންނަ ގޯއްޗެކެވެ.

އެގޮތުން އެ ގޯތީގެ ވެރިފަރާތަކީ މއ. ޖޫޓްްފްލާވާ މުހައްމަދު ތައުފީގެވެ. އަދި ގޯތި ގަނެފައިވަނީ ދަފްތަރު ނަންބަރު ރސ 9202 މުހައްމަދު އަލީއެވެ.

ސިވިލް ކޯޓުން އިއްޔެ އާންމު ކޮށްފައިވާ ނިންމުމުގައި ބުނެފައިވަނީ, އެ ބިން ވިއްކުމަށް ދެ ފަރާތުން އެއްބަސްވެފައިވާ އަގު، ބިން ގަތް ފަރާތުން ބިން ވިއްކި ފަރާތަށް ދައްކާ ހަލާސް ކޮށްފައިވާ ކަމަށެވެ.

ޓުވައިން ފުލާވާ ވިއްކާލިއިރު އެ ގޭގެ ވެރި ފަރާތް(މުހައްމަދު ތައުފީގް) ޝަރުއީގޮތުން ބަލަންޖެހޭ ފަސް މީހުން ތިބިއިރު އެ ފަސް މީހުންނާއި ތައުފީގުގެ ނަމުގައި މާލޭގައި އިތުރު ގޯއްޗެއް އޮވެއެވެ. އެހެންކަމުން ޓަވައިން ފްލާވާ ވިއްކާލި ނަމަވެސް އެ ފަސް މީހުންގެ ނަމުގައިވާ މއ. ޖޫޓްފްލާވާގައި އެ މީހުނަށް ދިރިއުޅެވޭނެ ކަމަށް ބުނެ ވަނީ ބަޔާން ދީފައެވެ.

ރާއްޖޭގެ އިތުރުން ދުނިޔޭގެ ނިސްބަތުން ވެސް ބިމުގެ ދަތިކަން އެންމެ ބޮޑު މާލޭގެ ބިމުގެ އަގު ވަރަށް ބޮޑެވެ.