16 Apr 2012, 13:33
ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބު އަންނަ މަހު ބޭއްވުމަށް ނިންމައިފި އެވެ.
ނެޓްބޯޅަ އެސޯސިއޭޝަންގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، އިންތިހާބު ބާއްވާނެ ވަކި ދުވަހެއް ސީދާ އަދި ބުނަން ނޭނގުނު ކަމުގައި ވިޔަސް، އަދި ނިންމާފައި ވަނީ އަންނަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭ އިންތިހާބު ބޭއްވުމަށް ކަމަށެވެ.
އޭނާ ވިދާޅުވީ، ރައީސް އާއި ނައިބު ރައީސް، އަދި ހަޒާންދާރަކާއި އާންމު ހަތަރު މެންބަރުން ހޮވުމަށް ބާއްވާ މިއިންތިހާބުގައި ޖުމްލަ 13 ކުލަބަކުން ވޯޓްލާނެ ކަމަށެވެ.
ނެޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ކަމުގައި މިހާރު ހުންނެވީ މަޝްހޫރު ފުޓްބޯޅަ ކޯޗު މުހައްމަދު ނިޒާމެވެ.