ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް އިތުރު ޖީބީ ލިބޭ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދިރާގުން ބުނީ ސަޅި ޕްރީޕެއިްޑް ކަސްޓަމަރުންނަށް "ސަޅި މަންތުލީ" ޕްރޮމޯޝަނާއެކު އިތުރު ޖީބީ ލިބިގެންދާނެ ކަމަށެވެ. އެ ޕްރޮމޯޝަންގެ ދަށުން 495 ރުފިޔާއަށް 30 ދުވަހުގެ ނިޔަލަށް 3 ޖީބީ ޑެއިލީ ޑޭޓާ ނެގޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

ދިރާގުން ބުީ މަހަކު ޖުމްލަ 90 ޖީބީ ލިބޭ އެ ޕްލޭން ހޯދުމަށް، ދިރާގު އެޕް މެދުވެރިކޮށް ނުވަތަ، "S2GB30" ޖެހުމަށްފަހު 343 އަށް އެސްއެމްއެސްއެއް ކުރެވޭނެ ކަމަށެވެ.

ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިޚުތިޔާރު ކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ ޕްލޭނެއް ކަން ދިރާގުން ބުނެއެވެ. ދިރާގުން ބުނީ އެ ޕްލޭން ޚިޔާރުކުރާ ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށް ވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެ ކަމަށެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށް ކަމަށެވެ.