މާލޭގައި ހުންނަ ވިލިމާލޭ ފެރީ ޓާމިނަލް ތެރޭގައި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްފިއެވެ.

ފުލުހުން ބުނީ ވިލިމާލޭ ފެރީ ޓާމިނަލް ކައިރީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރު 03:30 ހާއިރު ލިބިފައިވާ ކަމަށެވެ.

އެ ހާދިސާގައި އަނިޔާވި މީހާއަށް މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެނގިފައިވާގޮތުގައި މިއީ މާލޭގައި މިފަހަކަށް އައިސް ހިންގާ ސިލްސިލާ ގޭންގު މާރާމާރީތަކާ ގުޅިގެން ހިންގި މާރާމާރީއެކެވެ. ފަހަކަށް އައިސް މާރާމާރީގެ މައްސަލަތައް ވަނީ އިތުރުވެފައެވެ.

އެގޮތުން މިދިޔަ އާދިއްތަ ދުވަހުގެ ދަންވަރު ވެސް މާލޭގައި މާރާމާރީއެއް ހިންގައި މީހަކު ޒަޚަމްކޮށްލާފައިވެއެވެ. އެ ހާސިދާގައި އަނިޔާވި މީހާއަށް ފަރުވާ ދީފައިވަނީ އައިޖީއެމްއެޗް ގައެވެ.