ލަވޭރާ ޕިިއްޒޭރިއާ އިން ވެލެންޓައިސް ޑޭއަށް ޚާއްސަކޮށް ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެގޮތުން ވެލެންޓައިސް ޑޭގައި ލަވޭރާއިން ކޮންމެ އޯޑަރަކާއެކު ހިލޭ ފިނިފެން މަލެއްދޭން ވަނީ ނިންމާފައެވެ. ޑެލިވަރީ ޕިއްޒާއާއެކު ވެސް ލަވޭރާއިން ހިލޭ ފިނިފެންމާ ދެއެވެ.

ލަވޭރާއިން ތައާރަފްކުރި ރެޑް ވެލެވެޓް ގޫއީ ބްރައުނީ

މި ދުވަހަށް ހާއްސަކޮށް ލަވޭރާއިން ތައާރަފްކުރާ އެންމެ ހާއްސަ އުފެއްދުމަކީ ހިތުގެ ބައްޓަމަށް ހަދާފައިވާ ޕިއްޒާއެކެވެ.

މީގެ އިތުރުން، ވެލެޓައިންސް ޑޭއަށް ޚާއްސަކޮށް ލަވޭރާއިން ވަނީ ރެޑް ވެލެވެޓް ގޫއީ ބްރައުނީ އެއް ވެސް ތައާރަފްކޮށްފައެވެ.

ވެލެންޓައިންސް ޑޭއާ ގުޅިގެން ހުރި އޮފާތަކުގެ އިތުރު މައުލޫމާތު ލަވޭރާގެއިންސްޓަގްރާމުންލިބޭނެއެވެ.

ލަވޭރާއަކީ ރާއްޖޭގައި މަޝްހޫރު ޕިއްޒާ އުފައްދާ ވިޔަފާރިއެކެވެ. މިދިޔަ ފީފާ ވޯލްޑްކަޕާ ދިމާކޮށް ވެސް ލަވޭރާއިން ވަނީ ޚާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސްފައެވެ. އެ ޕްރޮމޯޝަނަށް ގިނަ ބައެއްގެ ތަރުހީބު ލިބުނެވެ.