މާލޭގެ ގެއެއްގެ ބެލްކަނީ ކަނޑައިގެން ވެއްޓި، މީހަކަށް އަނިޔާވެއްޖެއެވެ.

މާފަންނުގައި ހުރި ގެއަކުން ކޮންކްރީޓު ގަނޑަކާއެކު މީހަކު ވެއްޓިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ރޭ 11:29 ހާއިރެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ ކޮންކްރީޓު ގަނޑު ވެއްޓިފައިވަނީ އެ ގެއަށް ވައްކަން ކުރަން ވަން މީހަކު ބެލްކަނީން ފުއްމާލި ވަގުތު ކަމަށް އެނގިފައިވާ ކަމަށެވެ.

މި މައްސަލައިގައި ފުލުހުން ވައްކަމުގެ ތުހުމަތު ކުރާ މީހާއަށް އަނިޔާވެ، އައިޖީއެމްއެޗްގައި ގެންދަނީ ފަރުވާ ދެމުންނެވެ. އެކަމަކު، އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.