13 Feb 2023, 10:29
ރޭ ދަންވަރު މާލޭގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ ހެންވޭރު އަސްރަފީ މަގުގައި މާރާމާރީ އެއް ހިންގާފައިވާ ކަމަށް ރޭ ދަންވަރު 3:00 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މާރާމާރީގައި އަނިޔާވެފައިވާ މީހާއަށް މިހާރު ދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. ނަމަވެސް އޭނާ އަށް ލިބިފައިވާ އަނިޔާތަކުގެ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެއެވެ.
ހޮސްޕިޓަލަށް ނުގުޅޭތީ އިތުރު ތަފްސީލް ވަނީ ލިބޭގޮތް ނުވެފައެވެ.
ފުލުހުން ބުނީ މި މާރާމާރީއާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.