ކޯރަމް ހަމަ ނުވެގެން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ 11:30 އަށް ފަސްކޮށްފި އެވެ.

ދިހަގަޑި ބައިން 11:00 އަށްދޭ ހުސް ވަހުދު ކޮޅަށްފަހު 11:00ގައި ޖަލްސާ ފަށަން ބޭނުންވާ ވަރަށް މެންބަރުން ވަޑައި ނުގެންނެވުމުން ރިޔާސަތުގައި އިންނެވި ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދު ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގެ 37 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކޯރަމް ރަނގަބީލު ޖެހުމުން ވެސް މެންބަރުން ވަޑައިނުގަތުމުން 11:30 އަށް ޖަލްސާ ފަސް ކުރެއްވީ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ 9:00 ގައި ފަށައިގެން ކުރިއަށް ދިޔަ އިރުވެސް ދެ ފަހަރެއްކެ މަތިން ކޯރަމް ގެއްލުނެވެ. އެންމެފަހުން އިންޓަވަލްގެ ކުރީގެ ވަގުތުކޮޅު ހަމަވުމުގެ ކުރިން 10:25 ގައި ޖަލްސާ މެދުކަނޑާލަން ޖެހުނީވެސް ކޯރަމް ގެއްލިގެން ކޯރަމް ރަނގަބީލު ޖަހައިގެންވެސް ޖަލްސާ ކުރިއަށް ގެންދަން ބޭނުންވާ އަދަދަށް މެންބަރުން ވަޑައިނުގެންނެވުމުނެވެ. އެފަހަރު ޖަލްސާ މެދުކަނޑުވާލައްވަމުން، 11:00 ގައި ޖަލްސާ ކުރިއަށް ގެންދަން ބޭނުންވާ ވަރަށް މެންބަރުން ވަޑައި ގެންނެވުމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އިލްތިމާސް ވެސް ކުރެއްވި އެވެ.