13 Feb 2023, 08:49
ޖޭމްސް ކެމެރަންގެ "އެވެޓާ" ފްރެންޗައިޒްގެ ދެވަނަ ފިލްމު "ދަ ވޭ އޮފް ވޯޓާ"، ދުނިޔޭގެ ބޮކްސް އޮފީހުގެ ތިންވަނައިގައި އޮތް ފިލްމު، ޓައިޓޭނިކް ވައްޓާލައިފިއެވެ.
ކެމެރަންގެ އަމިއްލަ ފިލްމު ޓައިޓޭނިކް އާ ވާދަކޮށްގެން އެވެޓާ ބޮކްސް އޮފީހުގެ ތިންވަނައަށް އަރާފައިވަނީ މިދިޔަ ހަފުތާ ބަންދުގައެވެ. އެގޮތުން ވޭ އޮފް ވޯޓާގެ އާމްދަނީ ވަނީ 2.18 ބިލިއަން ޑޮލަރަށް އަރާފައެވެ. އެއާ ޚިލާފަށް ޓައިޓޭނިކްގެ އާމްދަނީއަކީ 2.17 ބިލިއަން ޑޮލަރެވެ.
ބޮކްސް އޮފީހުގެ ތިންވަނައަށް އެވެޓާ އެރި ނަމަވެސް އަނބުރާ އެ މަގާމު އެވެޓާ އަތުން ގެއްލި، ޓައިޓޭނިކް ތިންވަނައަށް އެރުމަކީ ވަރަށް ވުން އެކަށީގެންވާ ކަމެކެވެ.
ޓައިޓޭނިކް ފުރަތަމަ ރިލީޒް ކުރި ފަހުން 25 އަހަރު ވުން ފާހަގަކުރުމުގެ ގޮތުން އެ ފިލްމު މި ހަފުތާ ބަންދުގައި ވަނީ ދައްކަން ފަށާފައެވެ. ނަމަވެސް އަދި ޓައިޓޭނިކްގެ ބޮކްސް އޮފީހުގެ އާމްދަނީ ހާމަވެފައެއް ނުވެއެވެ. އެހެންވީމާ ޓައިޓޭނިކް އަށް ކުޑަ އާމްދަނީއެއް ލިބިގެން ވެސް އެވެޓާގެ އަތުން އެ މަގާމު އަތުން އުނދަގުލެއް ނުވާނެއެވެ.
ޖޭމްސް ކެމެރަންގެ ޓައިޓޭނިކް މިފަހަރު ދައްކާނީ އަލްޓްރާ އެޗްޑީ، 4ކޭ ކޮލިޓީގައި ތުރީޑީކޮށެވެ.
ސިނަމާތަކުގައި ފިލްމު އެޅުވުމަށްފަހު އެތައް އަހަރެއް ވަންދެއް ޓައިޓޭނިކް އޮތީ ބޮކްސް އޮފީހުގެ އެއްވަނައިގައެވެ. ޖޭމްސް ކެމެރަން ޑައިރެކްޓް ކުރި މި ފިލްމު، ބޮކްސް އޮފީހުގެ އެއްވަނައިގައި އޮތީ 2.2 ބިލިއަން ޑޮލަރުގެ އާމްދަނީއަކާއެކުގައެވެ. އަދި މި ރެކޯޑު އެންމެ ފަހުން 2009ވަނަ އަހަރުގައި މުގުރާލާފައިވަނީ ހަމަ އޭނާގެ ސައިފައި ފިލްމު "އެވެޓާ" އިންނެވެ. މި ފިލްމުގެ އާމްދަނީ ތިން ބިލިއަން ޑޮލަރާ ގާތް ކުރެއެވެ.
ކެމެރަންގެ ޓައިޓޭނިކް ވަނީ 1998ވަނަ އަހަރުގެ އޮސްކާ އެވޯޑުގައި 14 އެވޯޑަކަށް ނޯމިނޭޓްވެ 11 އެވޯޑެއް ކާމިޔާބު ކޮށްފައެވެ.