ދިރާގުން ކަސްޓަމަރުންނަށް "ލިމިޓްލެސް" ސޯޝަލް މީޑިއާ އާއި އެސް.އެމް.އެސް އާއި ކޯލްސް ލިބޭ ޕޯސްޓް ޕެއިޑް ދެ ޕެކޭޖެއް ތައާރަފުކޮށްފިއެވެ.

ދިރާގުން އަޕްގްރޭޑްކޮށްފައިވާ ޕޯސްޓްޕެއިޑް ޕްލޭންތަކަކީ:

1. ޕޯސްޓްޕެއިޑް 1000: މި ޕެކޭޖުން 40 ޖޯބީ ޑޭޓާގެ އިތުރުން އެއްވެސް ލިމިޓެއް ނެތި، ސޯޝަލް މީޑީޔާ ޑޭޓާ، ހިލޭ އެސްއެމްއެސް އަދި ދިރާގުގެ ހުރިހާ ނަންބަރަކަށް ހިލޭ ގުޅުމުގެ ފުރުސަތު ލިބޭނެއެވެ.

2. ޕޯސްޓްޕެއިޑް 1700: މި ޕެކޭޖުން 100 ޖީބީ ކޯ ޑޭޓާގެ އިތުރުން "ލިމިޓްލެސް" ސޯޝަލް މީޑިއާ ޑޭޓާ، ހިލޭ އެސް.އެމް.އެސް އަދި ދިރާގުގެ ހުރިހާ ނަމްބަރުތަކަށާއި އެހެނިހެން ލޯކަލް ނެޓްވޯކަށްވެސް ހިލޭ ގުޅާލެވޭނެއެވެ.

މިކަމާ ގުޅިގެން، އެކުންފުނީގެ ކަސްޓަމާ ވެލިއު މެނޭޖްމެންޓް މެނޭޖަރު އައިޝަތު އިޝާނާ ވިދާޅުވީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ފެތޭ، ގިނަ އޮޕްޝަންތަކެއް ލިއްބައިދޭ ޕްރޮޑަކްޓް ޕޯޓްފޯލިއޯ ފަރުމާކުރުމަށް ކަމަށެވެ.

"މިގޮތުން މިގެނުވުނު ބަދަލުތަކާއެކު ކަސްޓަމަރުންނަށް އިތުރު އަގަކާނުލާ ގިނަ ޑޭޓާ ލިބި އަދި އެފަރާތްތަކުގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް މަގުފަހިކޮށްދޭނެ،" އިޝާނާ ވިދާޅުވިއެވެ.

މި ޕެކޭޖްތަކަށް އަޕްގްރޭޑްކުރަން ބޭނުންވާ ދިރާގުޕޯސްޓްޕެއިޑްކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު އަޕްގްރޭޑްކޮށްލެވޭނެއެވެ. އަދި މި ޕްލޭންތަކާ ބެހޭ އިތުރު މައުލޫމާތު އެކުންފުނީގެވެބްސައިޓުންލިބޭނެއެވެ.