ހާހަކަށްވުރެ ގިނަ ދަރިވަރުންނާއެކު މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ)ގެ ކިޔެވުން މިއަދު ފަށައިފިއެވެ.

އެމްއެންޔޫއިން ބުނީ މިއަހަރު 1،500 އަށް ވުރެ ގިނަ ދަރިވަރުން އަލަށް ޔުނިވަސިޓީއާ ގުޅިފައިވާ ކަމަށެވެ.

ނަމަވެސް އެޑްމިޝަންގެ މަސައްކަތް އެއްކޮށް ނުނިމުމާއި ފަހުން ރަޖިސްޓާކުރި ކުދިން ތިބުމާ އެކު އަދި ދަރިވަރުންގެ ސީދާ އަދަދެއް ބުނަން ނޭނގޭ ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.

އެމްއެންޔޫގެ މިއަހަރުގެ ކިޔެވުން ފަށާފައި ވަނީ ޖުމްލަ 65 ކޯހެއްގައެވެ.

އޭގެ ތެރޭގައި މިއަހަރު އަލަށް ފެށި ކޯހެއް ކަމަށްވާ 'މާސްޓާ އޮފް ސައިންސް އިން ޖިއޯ ސްޕޭޝަލް ޓެކްނޮލޮޖީސް ފޯ ޑިސާސްޓާ މެނޭޖްމަންޓް' ހިމެނެއެވެ.

ކޯސްތަކުގެ ތެރެއިން މެރިޓް އުސޫލުން ޖާގަ ދިނުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ހިމެނެނީ:

  • ޑިގްރީ އިން ޑޮކްޓާ އޮފް މެޑިސިން

  • ބެޗެލާ އޮފް މެޑިކަލް ލެބޯޓްރީ ސައިންސް
  • ސައިންސް އެންޑް ޓެކްނޮލޮޖީގެ ބެޗެލާ އޮފް އާޓްސް އިން އާކިޓެކްޗަރަލް ޑިޒައިނިން

އެމްއެންޔޫގެ ކިޔެވުން ފެށުމާއެކު މާލޭގެ އިތުރުން އަތޮޅުތެރޭގެ ހަތަރު ކެމްޕަސްގެ ކިޔެވުންވެސް ވަނީ ފެށިފައެވެ.