16 Apr 2012, 10:21
ފ. ބިލެތްދޫ ކައުންސިލަށް އަމިއްލަ ގޮތުން އިންތިހާބުވެ ވަޑައިގެންފައިވާ ދެ ކައުންސިލަރުން ޖުމްހޫރީ ޕާޓީ އަށް ސޮއި ކުރައްވައިފި އެވެ.
އިއްޔެ ވިލާ ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައި ޖުމްހޫރީ ޕާޓީ އަށް ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް އަބްދުﷲ ޒުހުރީ އާއި ކައުންސިލްގެ މެމްބަރު އަލީ ސަލީމެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގެންނެވި ހަފުލާގައި، ޒުހުރީ ވިދާޅުވީ އޭނާ އެ ޕާޓިއާ ގުޅިވަޑައިގަތީ މިހާރު އެންމެ ރަނގަޅަށް ހިނގަމުން އަންނަ ޕާޓީއަކީ ޖުމްހޫރީ ޕާޓީ ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ.
ބިލެތްދޫ ކައުންސިލްގައި ދެން ތިއްބެވި ތިން މެންބަރުންނަކީ އެމްޑީޕީ ތިން މެންބަރުންނެވެ.