އުރީދޫގެ އީ-ކޮމާސް ޕްލެޓްފޯމް "މޫލީ" މެދުވެރިކޮށް އެންމެ ލޯބިވާ މީހުންނަށް ހަދިޔާ ފޮނުވުމުގެ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އުރީދޫން ބުނީ މި ޕްރޮމޯޝަނުގެ ދަށުން، އާއިލާއާއި ރައްޓެހިން އަދި އެންމެ ލޯބިވާ މީހުންނަށް ޚާއްސަ ހަދިޔާއެއް ފޮނުވާލުމަށް ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ރާއްޖޭގެ ކޮންމެހިސާބަކަށްވެސް ފޮނުވާލެވޭނެއެވެ.

މި ޕްރޮމޯޝަނުގައި ލެ ޕާފިއުމްގެ އެންމެ މަގުބޫލު ސެންޓުގެ ބްރޭންޑް ތަކާއި، ކެކްޓަސްގެ މާ ބޮކޭ އާއި ނޯޑީސް ކޮފީގެ ކޮފީ ގްރައުންޑް ބްލޭންޑްސްގެ އިތުރުން ސްޕޭސްގެ ޚާއްސަ ބްރައުނީ ހިމެނެއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނެ ގޮތަކީ މޫލީ ވެބްސައިޓަށް ވަނުމަށްފަހު، ޝޮޕް ހިޔާރުކުރެއްވުމަށްފަހި SWEET SURPRISE ނުވަތަ ބޭނުންފުޅުވާ ކެޓެގަރީއެއް ނެގުމަށްފަހު، ބޭނުންވާ އައިޓަމް ހިޔާރުކުރުމަށްފަހު ADD TO CART އަށް ފިތާލާނީއެވެ. އެއަށްފަހު ޑެލިވަރ ކުރަން ބޭނުންވާ އެޑްރެސް، ޑެލިވަރީ އެޑްރެސްގައި ޖެހުމަށްފަހު ފައިސާ ދައްކާނީއެވެ.

އުރީދޫއިން ބުނީ މި ޕްރޮމޯޝަން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނޭކަމަށެވެ. މޫލީ އިން ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް މޫލީގެ ހިދުމަތްތައް ބޭނުންކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހިލޭ ޑެލިވާކޮށްލެވޭނޭކަމަށް އުރީދޫން ބުނެއެވެ.