ޖައްވުގައި އިޝްތިހާރުކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ލިބޭނެ ކަމަށް، ރަޝިއާގެ ސްކޯލްކޯވޯ އިންސްޓިޓިއުޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ އާއި މޮސްކޯ އިންސްޓިޓިއުޓް އޮފް ފިޒިކްސް އެންޑް ޓެކްނޮލޮޖީގެ ސައިންސްވެރިން ކުރި އާ ދިރާސާއަކުން ދައްކައިިފިއެވެ.

ރަޝިއާއަށް ނިސްބަތްވާ ސައިންސްވެރިން ހެދި މި ދިރާސާގައި ލަފާކޮށްފައި ވަނީ، 65 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ދުނިޔެ ވަށާ އެނބުރޭ ގޮތަށް 50 ސެޓެލައިޓް ލޯންޗްކުރުމުން، އެއީ ފައިދާ ލިބޭ ވިޔަފާރިއަކަށް ވެދާނެ ކަމަށެވެ. އެގޮތުން އެ އިޝްތިހާރު ކުރާ އެއްޗެއްގެ ޑިޒައިނަށް ސެޓެލަައިޓުތައް ދިއްލާފައި ބެހެއްޓޭނެ ކަމަށް ދިރާސާގައިވެއެވެ.

ދިރާސާގައި ބުނާގޮތުން މި ސެޓެލައިޓްތައް ބިމުން ފެންނާނީ އެއްކޮށް ދަތުރުކުރާ ތަރިތަކެއްގެ ގޮތުގައެވެ. އަދި އަކުރުތަކެއް ގޮތަށް ނުވަތަ ގްރެފިކްސް ގޮތަށް ސެޓެލައިޓްތައް ތަރުތީބު ކުރެވޭނެ ކަމަށާއި ކޮންމެ ޑިޒައިނެއް ކޮންމެ ސަރަހައްދަކަށް ތިން މިނެޓާއި ފަސް މިނެޓާ ދެމެދުގެ ވަގުތުކޮޅަކަށް ފެންނަ ގޮތް ހެދޭނެ ކަމަށް ދިރާސާގައިވެއެވެ.

އެ މަސައްކަތަށް 65 މިލިއަން ޑޮލަރު ޚަރަދު ވާނެ ކަމަށް ބެލެވޭ އިރު، މިފައިސާގެ ތެރެއިން ބޮޑުބައެއް ޚަރަދުކުރާނީ ސެޓެލައިޓްތައް އުފެއްދުމަށް ކަމަށާއި އެއަށްފަހު ޓެސްޓުކުރުމާއި ސަޕޯޓަށާއި އިންޖިނިއަރިން އާއި ލޯންޗް ކުރުންވެސް ހިމެނޭނީ މި ޚަރަދުގެ ތެރޭގައި ކަމަށް ސައިންސްވެރިން ވަނީ އަންދާޒާ ކޮށްފައެވެ.

heir most optimistic estimate puts net income at around $111 million, over three months and 24 displays — that works out to around $4.6 million per ad.

ސައިންސްވެރިންގެ މިދިރާސައި ހުށަހަޅާފައިވާ އެންމެ އުއްމީދީ އަންދާޒާގައިވާ ގޮތުން، ތިން މަސް ތެރޭ ގާތްގަނޑަކަށް 24 ފަހަރަށް އިޝްތިހާރު ދައްކައިގެން ސާފު އާމްދަނީ 111 މިލިއަން ޑޮލަރަށް އަރާނެއެވެ. އެ އިންވެސްޓްމަންޓަށް އެންމެ ބޮޑު ފައިދާއެއް ލިބޭނީ ފިނި މޫސުމުގައި ކަމަށް ވެސްދިރާސާގައި ބުނެފައިވެއެވެ. ސަބަބެއް ކަމަށް ދިރާސާގައި ބުނެފައިވަނީ ފިނި މޫސުމުގެ ސަބަބުން ދުނިޔޭގެ އެންމެ އާބާދީ ބޮޑު ސިޓީތައް ކަމަށްވާ ޓްރޮޕިކްސް އާއި ދެކުނު އިރުމަތީ އޭޝިއާއަށް ދިގު ރޭތަކެއް އަންނާނެތީ ކަމަށެވެ.

ނަމަވެސް އުޑުމަތިން އިޝްތިހާރުތައް ފެންނަން އެއްވެސް މީހަކު ބޭނުންވޭތޯ ވެސް ވަނީ ސުވާލުއުފައްދާފައެވެ. މިދިރާސާއަށް ކޮމެންޓް ކޮށްފައިވާ ގިނަ މީހުންގެ ޖަވާބަކީ ބޭނުން ނޫން ކަމަށެވެ. އެގޮތުން ސެޓެލައިޓްތައް މެދުވެރިކޮށް ދައްކާ ބޮޑެތި ވިޔަފާރިތަކުގެ ލޯގޯ ފަދަ އިޝްތިހާރުތައް ބަލަން ޖެހުމަކީ ހިތްގައިމު ކަމެއްނޫން ކަމަށް އެމީހުން ބުނެއެވެ.

މި ދިރާސާއަކީ އުންމީދީ ދިރާސާއެއް ނަމަވެސް އެ މަސައްކަތް ކުރުމަކީ މާލީ ގޮތުން ގޮންޖެހުންތައް ގިނަ ކަމެއް ކަމަށާއި އެ މަސައްކަތުން ފައިސާ ހޯދޭނެ ކަމުގެ އުއްމީދު ކުޑަ ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

ޖައްވުގައި އިޝްތިހާރު ކުރުން ހަގީގަތަކަށް ވާން އަދި ދިގު މުއްދަތެއް ނަގާނެ ކަމަށް ގިނަ ބަޔަކަށް ހީވި ނަމަވެސް، އީލޯން މަސްކްގެ ސްޕޭސް އެކްސްފަދަ ކާމިޔާބު އަދި ގިނަ ސެޓެލައިޓްތަކެއް ޖައްވަށް ފޮނުވާފައިވާ ކުންފުންޏެއްގެ ކާމިޔާބީއަށް ވިސްނާލުމުން އެފަދަ އިޝްތިހާރުތައް ވެސް އަދި ފެންނާނެ ކަމަށް ކަމާ ގުޅޭ މާހިރުން ބުނެއެވެ.