11 Feb 2023, 19:54
މާލޭ ސިޓީގެ މަގުމަތީގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރި ކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ރޯމާ ދުވާލު މަގުމަތީގައި ވަރަށް ހަމަޖެހިލައިގެން އިނދެ މީހަކު މަސްތުވާތަކެތި ވިއްކާ ތަން ފެންނަ ވީޑިއޯއެއް އިއްޔެ މީސް މީޑިއާގައި ވަނީ އާންމުވެފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއެއްގައި މަސްތުވާތަކެތި ކަމަށް ބެލޭ އެއްޗެއް ވިއްކަނިކޮށް ފެންނަ މީހާ ދެނެގަނެ، އެ މީހާ އިއްޔެގެ މަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.
އުމުރުން 25 އަހަރުގެ ދިވެހި މި ޒުވާނާ ހައްޔަރުކުރުމަށް ފަހު ބައްދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތު ކްރިމިނަލް ކޯޓުން ޖަހައިދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މަތިން ނަގާފައިވާ 40 ސިކުންތުގެ އެ ވީޑިއޯގައި ފެންނަނީ ސައިކަލެއް މަތީގައި ވަރަށް ހަމަޖެހިލައިގެން އިން ޒުވާނަކު ބަޔަކަށް މަސްތުވާތަކެތި ވިއްކާ މަންޒަރެވެ. އޭނާ ކައިރީގައި އެހެން ސައިކަލެއްގައި އިން މީހަކު ސަތޭކަ ރުފިޔާ ދިއްކޮށްލުމުން އަތަށް ޕެކެޓެއް ދެއެވެ.
އެވަގުތު ކިޔުގައި ތިބި އެހެން ދެ ޒުވާނަކު ކައިރިވެލާފައި ފައިސާ ދިނުމުން އެމީހުންގެ އަތަށް ވެސް ކޮންމެވެސް އެއްޗެއް ދޭތަން ފެނެއެވެ.
ޑުރަގު ބޭނުންކުރުމުގެ ސަބަބުން ހިނގައިބިނގާވެ ނޫޅޭވި، ތަންތަނަށް ބިއްޖެހިފައި ތިބޭ ޒުވާނުން މާލެތެރެއިން ފެންނަލެއް ގިނަވެއްޖެއެވެ. އެފަދަ ކިތަންމެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މި ދުވަސްކޮޅު ދަނީ އާންމު ކުރަމުންނެވެ.