11 Feb 2023, 00:35
އިސްލާމިކް ޔުނިވާސިޓީ މޯލްޑިވްސް (އައިޔޫއެމް)އިން އިންޓަނޭޝަނަލް ހަޔާ އެޑިއުކޭޝަން ފެއާގައި ބައިވެރިވެއްޖެއެވެ.
މާދަމާގެ ނިޔަލަށް ދަރުބާރުގޭގައި އޮންނަ މި ފެއާ ފެށީ މިއަދެވެ. ފެއާ ހުޅުވާލައިފައި އޮންނާނީ މެންދުރުފަހު 14:00 އިން ރޭގަނޑު 10:00އާ ދެމެދެވެ.
މި ފެއާގެ ތެރެއިން އައިޔޫއެމްގެ އެކިއެކި ދާއިރާތަކުގެ ކޯސްތަކާ ގުޅޭ މައުލޫމާތު ސާފުކުރެވޭނެއެވެ.
މީގެ އިތުރުން ފެއާގައި އިނގިރޭސި ވިލާތާއި، ސްރީލަންކާ، އިންޑިއާ އަދި މެލޭޝިއާގެ މަތީ ތައުލީމް ފޯރުކޮށްދޭ ފާހަގަކޮށްލެވޭ ކޮލެޖު ޔުނިވާސިޓީތަކުން ބައިވެެރިވާނެއެވެ.
މިއީ ޒީޑް އިންޓަނޭޝަނަލްއާއި އައިފަލް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ ފެއާއެކެވެ.