ސިނަމާލެ ބުރިޖާ ގުޅިފައިވާ ހައިވޭގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި މީހެއްގެ ހާލު ސީރިއަސްވެ، އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.

މިއަދު މެންދުރުފަހުގެ ވަގުތެއްގައި އެ އެކްސިޑެންޓް ހިނގީ ހައިވޭ މަތިން، ހުޅުމާލެއިން މާލެއަށް ދުއްވާފައި ދިޔަ ސައިކަލަކާއި ކާރެއް ޖެހިގެންނެވެ.

އައިޖީއެމްޗްއިން ބުނީ ސީރިއަސް އަނިޔާތަކެއް ލިބުނީ ސައިކަލް ދުއްވަން އިން މީހާއަށް ކަމަށެވެ. އޭނާއަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.

އެ އެކްސިޑެންޓުގައި ކާރަށައި ސައިކަލަށް ވަނީ ބޮޑެތި ގެއްލުން ލިބިފައެވެ.