09 Feb 2023, 09:39
ގިނަ ކުށްތަކެއްގެ ދައުވާތައް ސާބިތުވެފައިވާ ކުރީގެ މަޝްހޫރު ކޭޕޮޕް ބޭންޑު މެމްބަރު ސޫންގްރީ އަށް އިއްވި ޖަލު ހުކުމުގެ މުއްދަތުގެ ކުރީން ޖަލުން ދޫކޮށްލުމަށް ނިންމައިފިއެވެ.
ކުރީގެ މަޝްހޫރު ކޭޕޮޕް ބޭންޑު "ބިގް ބޭންގް"ގެ މެމްބަަރު ސޫންގްރީ އަކީ 2010ގެ ކުރީ ކޮޅުގައި ގިނަ ބައެއްގެ މެދުގައި މަގުބޫލުކަމެއް ހޯދި އާޓިސްޓެކެވެ. ނަމަވެސް 2020 ގައި ފެންމަތިވި މައްސަލަތަކާ ގުޅިގެން އޭނާ އާ މެދު ކޮރެއާގެ އާންމުންގެ މެދުގައި އޮތީ ނަފުރަތު އުފެދިފައެވެ.
ސޫންގްރީގެ މައްޗަށް އުފުލާފައިވާ ނުވަ ދައުވާއެއް އޭނާގެ މައްޗަށް ސާބިތުވެ ދެކުނު ކޮރެއާގެ ސުޕްރީމް ކޯޓުން ވަނީ އޭނާ ތިން އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައެވެ. އޭނާގެ މައްޗަށް އުފުލާގައިވާ ދައުވާތަކުގެ ތެރޭގައި ގާނޫނާ ޚިލާފަށް އޮރިޔާން ކާޑު އުފެއްދުމާއި ޖުވާ ކުޅުމުގެ އިތުރުން އޮޅުވާލައިގެން ފައިސާ އަތުލައިގަތުމާއި ބަޔަކަށް އަނިޔާ ކުރުމުގެ މައްސަލަތައް ހިމެނެއެވެ. މި ހުރިހާ ދައުވާއެއް ވެސް ވަނީ އޭނާގެ މައްޗަށް ސާބިތުވެފައެވެ.
އެއާއެކު މިދިޔަ އަހަރުގައި އޭނާ ޖަލަށް ލާން ހުކުމް ކުރުމުން އޭނާ ވަނީ އެ މައްސަލަ އިސްތިއުނާފުކޮށްފައެވެ. އަދި އެ މައްސަލަ އިސްތިއުނާފުކުރުމުން ސޫންގްރީގެ ކޮޅަށް މައްސަލަ ނިމި އޭނާގެ ޖަލު ހުކުމްގެ މުއްދަތު ދޮޅު އަހަރަށް ކުޑަކުރިއެވެ. އެއާއެކު އަންނަ ހޮނިހިރު ދުވަހުގައި އޭނާގެ ޖަލު ހުކުމްގެ މުއްދަތު ހަމަވެ އޭނާ މިނިވަން ވާނެއެވެ.
މިހާރު އާންމުންގެ ތެރޭގައި މިކަމާ ގުޅިގެން އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އޭނާ މިނިވަން ވުމާއެކު އަލުން ސޯޝަލް މީޑިއާއާއި އެ ނޫޫންވެސް ޕްލެޓްފޯމްތަކުގައި އޭނާ އެކްޓިވް ވެދާނެ ކަމުގެ މައްސަލައެވެ.