އުރީދޫ މޯލްޑިވްސް އިން ކުޅުދުއްފުށި ސިޓީ އާއި ސިންގަޕޫރު އަދި ޔޫރަޕް ގުޅުވާލަދޭ ސަބްމެރިން ކޭބަލް (ޕީސް ސަބްމެރިން ކޭބަލް) އެޅުމުގެ މަސައްކަތުގެ ލޭންޑިން ސްޓޭޝަނާއި ޑިޒާސްޓާ ސައިޓް ކުޅުދުއްފުށީގައި ގާއިމް ކުރަން ނިންމައިފިއެވެ.

"ޕީސް" ސަބްމެރިން ކޭބަލް އަކީ ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ އިތުރަށް ހަރުދަނާކޮށް، ކުރިއަރަމުން އަންނަ އީޖާދީ ޓެކްނޮލޮޖީއަށް ބޭނުންވާ ވަސީލަތްތަކާއި ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހި ކުރާނެ ސަބްމެރިން ކޭބަލް ސިސްޓަމެކެވެ.

މި ކޭބަލް ސިސްޓަމުން ރާއްޖެއަށް ބައިނަލްއަޤްވާމީ ޑޭޓާ ފޯރުކޮށްދިނުމުގެ ގާބިލްކަން އިތުރުކޮށް ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ އިތުރަށް ވަރުގަދަ ކޮށްދޭނެއެވެ.

މި އިންވެސްޓްމަންޓާ މެދު އުރީދޫ އިން ބުނީ، އޭގެ މަޤްޞަދަކީ ކޮންމެހެން ބޭނުންވާ ނެޓްވޯކް ހިދުމަތްތަކުގެ ޖިއޯ ރިޑަންޑަންސީއާ ގުޅޭ މައްސަލަތައް މަދުކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން، ކަސްޓަމަރުންނަށް ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުން ކަމަށެވެ.

މި ސަބްމެރިން ކޭބަލް އެޅުމުގެ ހިދުމަތާ ބެހޭ ގޮތުން އުރީދޫގެ ކުރީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބު ޚާން ވިދާޅުވެފައި ވަނީ މި ކޭބަލް ގުޅުމުގައި ކުޅުދުއްފުށި ޚިޔާރުކުރީ ޑޭޓާ ޓްރެފިކަށް އިތުރު ދޮރުތައް ހުޅުވައިލަދީ، ޑިޖިޓަލް ހިދުމަތްތަކާއެކު ފަހި ވެގެން ދާނެ ފުރުސަތުތަކާއި މަންފާ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.

ޕީސް ކޭބަލްގެ ލޭންޑިން ސްޓޭޝަންއަށް ކާމިޔާބުކަމާއެކު ގުޅާލުމާއެކު ރާއްޖޭގެ އުތުރުވާނީ އިރުމައްޗާއި ހުޅަނގަށް ޑިޖިޓަލް ފުރުސަތުތައް ފަހިކޮށްދޭނެ މަންޒިލަކަށެވެ. އަދި ހައިޕަސްކޭލަ ޚިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތުތަކުގެ އިތުރުން ކުޅުދުއްފުށީގައި ޑޭޓާ ސެންޓަރުގެ ޚިދުމަތް ހޯސްޓްކުރުމުގެ ފުރުސަތު ހުޅުވޭނެއެވެ.

ހަމައެހެންމެ، އުތުރުގެ ރަށްތަކުގައި ޑިޖިޓަލް ވިޔަފާރިތަކާއި ސޮފްޓްވެއާ ޑިވެލޮޕްމަންޓް ފެސިލިޓީތައް ކުރިއަރާނެއެވެ.