15 Apr 2012, 20:00
ހ. ކިނާރާގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެ ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
މިރޭ އިރާކޮޅު ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިއެއްނުވެ އެވެ. ނަމަވެސް އަލިފާން ހިފި ެކޮޓަރީގައި ހުރި ހުރިހާއެއްޗެއް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައި ހުލިވެފަ އެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ހިފީ އެގޭގެ ދެ ވަނަ ބުރީގައި ކަމަށެވެ.
ކިނާރާގެ އިން ވާހަކަ ދެއްކި މީހަކު މިރޭ ބުނީ ޑެކް އަޅައިގެން ހަދާފައި ހުރި އެގޭގައި ރޯވީ ކަރަންޓް ޝޯޓެއް ވެގެން ކަމަށާއި އެވަގުތު އެގޭގެ މީހުން ވެސް ތިބި ކަމަށެވެ. އޭނާ އަދި ބުނީ އަލިފާން ރޯވި ވަގުތު ގެއިން މީހުން ނުކުތް ކަމަށެވެ.
އަލިފާނުގެ އެ ހާދިސާގެ އަސަރު އެގެގޭ ތިރީބުރިއަށް ވެސް ވަނީ ކޮށްފަ އެވެ.
--------------------------
ހ. ކިނާރާގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. އެ ސަރަހައްދުގައި ހުރި ސަންގެ ޖާނަލިސްޓް ބުނީ އެގެއިން މީހުން ވެސް ހުސްކޮށްފި ކަމަށް. އަދި އަލިފާން ރޯވަންދިމާވީ ކަރަންޓް ޝޯޓަކުން ކަމަށް އެ ގޭ މީހުން ބުނާ ކަމަށް ސަންގެ ނޫސްވެރިޔާ ބުނި. ނަމަވެސް މިހާރު ވަނީ އަލިފާން ގާތްގަނޑަކަށް ނިއްވާލެވިފައި ކަމަށް ވެސް ބުނި. އަލިފާން ރޯވި ކޮޓަރީގައި ހުރި ހުރިހާ އެއްޗެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި.