15 Apr 2012, 17:30
ސްޕެނިޝް ލީގުގައި ރޭ ފަހަތުން އަރައި ސްޕޯޓިން ގިޔޯން 3-1 ލަނޑުން ބަލިކޮށް، ލީގުގައި ރެއާލް މެޑްރިޑުން ދަމަހައްޓަމުން އަންނަ އެއް ވަނަ މަގާމް ދިފާއިުކުރި އިރު ބާސެލޯނާ ވެސް މޮޅުވެ މެސީ އާއި ރޮނާލްޑޯ ރެކޯޑް އާކޮށްފި އެވެ.
ރޭގެ މޮޅާ އެކު ތާވަލްގެ އެއް ވަނާގައި ރެއާލް އޮތީ 85 ޕޮއިންޓާ އެކު އެވެ. އަދި ދެ ވަނައިގައި ވާދަވެރި ބާސެލޯނާ އޮތީ 81 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި 52 ޕޮއިންޓާ އެކު އޮތީ ވެލެންސިއާ އެވެ.
ރިއާލްގެ އަމިއްލަ ދަނޑުގައި ގިޔޯންއަތުން ރެއާލް ރޭ މޮޅުވި މެޗުގެ ، ފުރަތަމަ ލަނޑު ޖެހީ ގިޔޯން އެވެ. އެހެން ނަމަވެސް ރެއާލްއަށް ނަތީޖާ ހަމަހަމަ ކޮސްދިން ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ގޮންޒާލޯ ހިގައިންނެވެ. އަދި ރެއާލަށް ރޮނާލްޑޯ ލީޑު ނަގައިދިން އިރު ތިން ވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކަރިމް ބެންޒެމާ އެވެ.
މީގެއިތުރުން ލީގުގައި ރެއާލްއާއި އެންމެ ވާދަވެރި، ބާސެލޯނާ ރޭ ކުޅުނު މެޗް ވެސް ވަނީ ކާމިޔާބު ކޮށްފައެވެ. ރަށުން ބޭރުގައި ބާސާ ރޭ މޮޅުވީ، ލެވަންޓޭއާ ވާދަކޮށް 2-1 ލަނޑުން ނެވެ.
ރޭގެ މެޗުގެ ފުރަތަމަ ލަނޑު ލެވަންޓޭއިން ޖަހާފައިވާއިރު، ބާސާއަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑާއި މޮޅުކޮށްދިން ލަނޑު ކާމިޔާބު ކޮށްދިނީ މެސީއެވެ.
ރޮނާލްޑޯއާއި މެސީ ރޭ ޖެހި ލަނޑު ތަކާއެކު، އެ ދެކުޅުން ތެރިން ވެސް ވަނީ ލީގުގައި ގޯލްޖެހުމުގެ ލިސްޓުން އެއްވަނަ ހޯދައިފަ އެވެ. ރޮނާލްޑޯ ވެސް 41 ގޯލް ލީގުގައި ޖެހިއިރު، މެސީ އަށް ވެސް ޖެހިފައި ވަނީ 41 ގޯލެވެ.