07 Feb 2023, 09:23
މިއުޒިކް އިންޑަސްޓްރީގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ ގްރެމީސްގެ މިދިޔަ އަހަރުގެ އެންމެ މޮޅު އަލްބަމާއެކު އިވެންޓުގެ އެންމެ ހާއްސަ އެވޯޑު، ޒުވާން ލަވަކިޔުންތެރިޔާ ހެރީ ސްޓައިލްސް ކާމިޔާބުކޮށްފިއެވެ.
އިއްޔެ ކުރިއަށް 63 ވަނަ ގްރެމީ ހަފުލާގައި އެންމެ ޝަރަފުވެރި އެވޯޑު ހެރީ ސްޓައިލްސް އަށް ލިބުނު އިރު އެ އެވޯޑަށް އެންމެ ބޮޑެތި އާޓިސްޓުންގެ އަލްބަމްތައް ވަނީ ވާދަކޮށްފައެވެ. އޭގެތެރޭގައި ބިޔޯންސޭގެ "ރިނޭސޯންސް" އާއި އެޑެލްގެ "30" އާއި ލިޒޯގެ "ސްޕެޝަލް" އަދި ބޭޑް ބަނީގެ "އުން ވެރަންޏޯ ސިން ތީ" ހިމެނެއެވެ.
ނަމަވެސް އެވޯޑު ކާމިޔާބުކޮށް ވަނީ ހެރީ ސްޓައިލްސްއަށް ގްރެމީގެ ފުރަތަމަ އެންމެ މޮޅު އަލްބަމްގެ އެވޯޑު ކާމިޔާބުވެފައެވެ.
އެވޯޑު ހަފުލާގައި ލެޖެންޑެރީ ތަރި ބިޔޯންސޭއަށް ވަނީ ތާރީހީ ކާމިޔާބީއެއް ލިބިފައެވެ. ގްރެމީގެ ނޮމިނޭޝަން ލިސްޓުގައި ނުވަ ނޯމިނޭޝަނާއެކު އޮތީ ބިޔޯންސޭއެވެ. ބިޔޯންސޭގެ ނޯމިނޭޝަން އާއެކު އޭނާ މިހާރު ވަނީ ގްރެމީގެ ތާރީހުގައި ވެސް އެންމެ ގިނަ ނޯމިނޭޝަން ހިމެނޭ އާޓިސްޓުގެ މަގާމުގައި ހިމެނިފައެވެ. އެގޮތުން އޭނާ ނޯމިނޭޓްވި އެވޯޑުތަކުގެ އަދަދު މިހާރު 88 އަށް ވަނީ އަރާފައެވެ.
އެވޯޑު ހަފުލާގެ ކާމިޔާބާއެކު ބިޔޯންސޭ ވަނީ މިހާތަނަށް އެންމެ ގިނަ ގްރެމީ ލިބިފައިވާ ތަރިއަށް ވެފައެވެ. ބިޔޯންސޭއަށް ލިބުނު ޖުމްލަ އެވޯޑުގެ އަދަދު މިހާރު ވަނީ 33 އަށް އަރާފައެވެ.
ބިޔޯންސޭގެ އިތުރުން ޓޭލާ ސްވިފްޓާއި ސޭމް ސްމިތު އަދި ލިޒޯ ފަދަ މަގުބޫލު ތަރިން ވަނީ އިއްޔެގެ ހަފުލާގައި ފާހަގަކުރެވޭ އެވޯޑުތައް ގެންގޮސްފައެވެ.