ވަންވޭއާ އިދިކޮޅަށް ދުއްވާފައި ދިޔަ ސައިކަލަކުން ޖެހިދާނެތީ ސަލާމަތްވާން އުޅުނު ފުލުހެއްގެ ބޯފަޅައިގެން ގޮސް އައިޖީއެމް އެޗްގައި އެޑްމިޓް ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު 9:23 އެހާކަންހާއިރު ސަބްދެލި ގޯޅިން "ވިސްއަވިސް" ރެސްޓޯރަންޓް ކައިރިން ވަންވޭއާ އިނދިކޮޅަށް ދުއްވާފައި ދިޔަ ސައިކަލަކުން ސަލާމަތްވާން އުޅެނިކޮށް ފުލުސް މީހާ ސައިކަލުން ވެއްޓި ޕޭމަންޓް މަތީގައި ޖެހި ބޯފަޅައިގެން ދިޔައީ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ފުލުސް މީހާގެ ބޯފަޅައިގެން ދިޔުމުގެ އިތުރުން މޫނުގެ އެކިތަންތަނަށް އެކިވަރުގެ ޒަޚަމްތައް ވެފައިވާ ކަމަށާއި މިހާރު އެ ފުލުސް މީހާ އަށް އައިޖީއެމް އެޗްގެ އިމަޖެންސީގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ ފުލުހުން މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށެވެ.

"ވިސްއަވިސް ކައިރިން ވަންވޭއާ އިނދިކޮޅަށް ދުއްވާފައި ދިޔަ ސައިލެއްގައި ޖެހިދާނެތީ އެއިން ސަލާމަތްވާން ވެގެން އުޅެނިކޮށް ފުލުސް މީހާ ވެއްޓި ޕޭމަންޓްމަތީގައި ޖެހި ބޯފަޅައިގެން ދިޔައީ. ބޯފަޅައިގެން ދިޔުމުގެ އިތުރުން ފުލުސް މީހާގެ މޫނުގެ އެކި ތަންތަނަށް އެކިވަރުގެ ޒަޚަމްތަކެއް ލިބިފައިވޭ،" އޮފިޝަލް ވިދާޅުވި އެވެ.