16 Feb 2023, 09:26
"ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމް ހަދީސް ކުރެއްވިއެވެ." ބިންހެލުންތައް ގިނަވެއްޖައުމާއި ހަމަޔަށް ގިޔާމަތް ގާއިމެއް ނުވާނެއެވެ."
***
"ބުނާނެ ކަމެއްނެތް ދެން. ތީ އެއްވެސް މާނައެއް ހުންނަ ވޯޑްސްތަކެއް ނޫން. އަހަންނަކީ ފަހަރިކަމަށް ދެކެން ޖެހޭނީ...އަހަންނަށް ހުސާމް ދެކެ ލޯބިވެވުނީ ލޯތްބަކީ ކޯންޗެއްކަން ނޭގޭތީ. އެނގުމުން ހިތުން ތި މީހާއައި ނަމާއި ހުރިހާ މާނައެއްނެތް ހަނދާންތައް ނެރެލައިފިން. މިބުނީ....މިހާރު ދުރަށް ދޭ..."
އަދާރާއަށް ނޭގުނީ އޭނަ ޕޫލަށް ފުންމައިލާ ހުސާމްގެ ގައިގާ ބައްދައިލިއިރު އެ މަންޒަރުދެކެން ބެލްކަނީގައި އާރިސް ހުރިކަމެވެ. އާރިސްގެ ހިތަށް ލިބުނު ވޭނެއްގެ ސަބަބުން ކޮޓަރިއަށް ވަންގޮތަށް ދޮރުތަޅުލާފައި އެނދަށް ވެއްޓިގަތިއެވެ. ފޯނުގައި އަތްލާހިތެއްނުވެ ފޯނުވެސް އަތުކޮޅަށް އެއްލައިލެވުނީއެވެ. އަދާރާ އެފަދަގޮތަކަށް އޭނަގެ ބޭބެއާއި ގުޅުން ބާއްވާފާނެކަމަކަށް ހިޔެއްނުކުރެއެވެ. މާޒީގެ ސަފުހާއެއްކަމަށް ބުނެ އެ ސަފުހާ އަލުން ނުހުޅުވާނެކަމުގެ ޔަގީންކަން ދިން އަދާރާއަށްވެސް ހުސާމްގެ ސިިހުރަކުން ސަލާމަތެއްނުވެވުނެވެ. އަދާރާއަށް އިތުބާރުކޮށް ހިތުން މަގާމެއް ދެވުނުކަމީ އޭނަގެ މޮޔަކަމެވެ. އެންމެފަހުން އޭނައަށް ނަފްސާނީ އަނދިރި ދުނިޔެއިން އަލިކަމުގެ ތެރެއަށް ނުކުމެވި ލޯބިވާ އަންހެންކުއްޖާއާއި އެކު އުފާވެރި ހަޔާތެއް ބިނާކުރުމުގެ ހުވަފެން ފެށުމާއެކު އެ ހުވަފެން ނިމިގެން ދިޔައީއެވެ.
***
އަދާރާ މެސެޖްކޮށްކޮށް އާރިސް ފޯނު ނުނެގުމުން ކަންބޮޑުވެ މުޅި ރޭ ހުރެވުނީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ޝުވޭކާރުއާއި އައްޔާޝްވެސް ދޮރުގައި ޓަކިދީފައި ނުތަނަވަސްވެގެން އުޅުނުގޮތުން ކަމެއް ހިނގައިގެން އުޅޭކަން އެނގުނެވެ. މިނަލްގެ ފަރާތުން އެނގުނުގޮތުން އާރިސްގެ ހާލަތު ގޯސްވީއެވެ. ތަޅުލައިގެން އެހެން އިންނަ ސަބަބަކީ އެއީއެވެ. ހުސާމް ކާކޮޓަރިއަށް ވަންއިރު އަދާރާ ޗޮކްލެޓްތަށްޓެއް ތައްޔާރުކޮށްލަން ހުރެފައި ބަލައިލީ އާދައިގެ ނަޒަރަކުންނެވެ. ހުސާމް ތަންކޮޅެއް ކައިރިވެލުމުން އަދާރާ ލޯ އަޅާލާފައި ގޮސް މޭޒުގެ އަނެއް ފަރާތުގައި ހުއްޓުނެވެ.
"އަދާ އާރިސް ކޮޓަރި ތަޅުލައިގެން އުޅެނީ ކީއްވެތަ؟" ހުސާމް ލާނެތް ހިންޏަކާއެކު އަހައިލިއެވެ.
"އަހަންނާއި ދުރުގައި އުޅެފާނަންތަ؟"
"ތީ އަދި އަހަރެން ކުރި ސުވާލުގެ ޖަވާބެއްނޫން......"
"އަހަރެން ހުސާމްގެ ސުވާލަށް ޖަވާބުދޭކަށް ނުޖެހޭ............."
"ހާދަ ވަރަކަށް ރުޅިއައިސްފަ ތިހިރީ؟ އަހަރެން ހީކުރީ ހުރިހާ އަންހެން ކުދިންގެ ހިތް ނުސާފުވިޔަސް އަދާގެ ހިތް ބިއްލޫރިކޮޅެއްހާ ސާފުކަން. އެކަމަކު އެހެނެއްނޫން މިވީ...."
"މިނަލްގެ ވާހަކަތައް އެހިފަހުން ހުސާމްދެކެ ފޫހިވީ. އެހެން އެންމެނާއި ގުޅުން އޮތަސް އެހާ ކުޑަކުއްޖަކަށް ލަނޑެއްދޭނެކަމަށް ހިޔެއްނުކުރަން އަދި އެވެސް ކޮއްކޮއެއްކަމުގައި ދެކެމުން އައި ގާލްއެއް...ދާނިލްއަކީ މިނަލްގެ ދަރިފުޅުކަންވެސް އެނގޭ. ކިތަންމެ ސިއްރުކުރިޔަސް ﷲގެ ހަޟުރަތަށް ސިއްރުނުކުރެވޭނެކަމާއި ނަސްލުއޮޅުވައިލުމުގެ ހުރި ނުބައިކަން ދަސްކުރަންވީނު...މިނަލްއައި ދެމީހުން ފުރަތަމަ ފެނުނު ރޭ އަހަންނަށް ލޮލުން ފެނުނަސް ހިތަށް އެރީ ހަމަ ނުބައިކޮށް ވިސްނާކަށް ނުވާނެއޭ. ކޮއްކޮއަކުވެސް ބޭބެގެ އުނގުގައި ބޯ އަޅާލައިގެން އޮވެދާނެ. އެކަމަކު އެރޭގެ ހާދިސާގެ ތަފްސީލު މިނަލް ކިޔާދިނީ. އެކަހަލަ ކިތަންމެ ދުވަހެއް މިގޭތެރޭގައި ތަކުރާރުވެއްޖެ. މިނަލް ހުރިހާ ދުވަހެއްގެ ވާހަކަ ހިއްސާކުރި. ކިތަންމެ ފޮރުވިޔަސް އެކަން ނުހިނގާކަމަކަށް ނުވާނެ. ހުރިހާ އަންހެންކުދިން ހައްލާލައިގެން އުޅުނަސް ދެން ހުސާމްއާއި އެއްވެސް ގުޅުމެއް ބާއްވާކަށް ނޭދެން...އަމިއްލަ އިގޯގެ ބޮޑުކަމުން އަދިވެސް ހީވަނީ އަހަރެންވެސް ފަހަތުން ދުވާނެއޭ ދޯ. ތި އިގޯ ކޮނޑަށް ލައިގެން އުޅޭ އަހަރެން ދުރުގައި ބަހައްޓާ............."
ހުސާމް ކުޑަކޮށް ހައިރާންވިއެވެ.
"މިނަލްގެ ދަރިއެކޭ؟"
"މިނަލް ޕްރެގްވީމަ އެކަން ފޮރުވަން ހުސާމްގެ މަންމަމެން އެކުއްޖާ ބޭރަށް ގެންދިޔަކަން އަހަންނަށްވެސް އެނގޭ. ހުސާމް ތިހެން ހިތަށް އެރިހާ ވިޔާނުދާކަމެއްކުރަން އަބަދު ދުނިޔޭގައި ހުންނާނެކަމަށް ހީނުކުރާތި. އަދިވެސް ތައުބާވެވިދާނެ، ރަހުމަތުން މާޔޫސްވެ އުއްމީދު ކަނޑާނުލަން އޮތް ވަރަށް ރީތި އާޔަތެއް ގުރުއާނުގައިވޭ. ވަރަށް މީނިންފުލް އިންސްޕަޔަރިން. ހަމަ ހުސާމްފަދަ މީހުންނަށް ވަކިން ޚާއްސަކޮށް ދައުވަތުދޭފަދަ. ހުސާމް އެ އާޔަތުގެ މާނައާއިމެދު ފުންކޮށް ވިސްނާލައިފިއްޔާ ތި ބޭކާރު ކަންތައްތަކުގައި ވަގުތު ދުއްވާނުލާ ހެޔޮ މަގު ޚިޔާރުކުރާނެ........"
"އަހަރެން ހުރިހާކަމެއް ކުރަނީ ބެލެންސްކޮށޭ ކުރިއަކުން ނުބުނަންތަ؟ ކުރިންވެސް ބުނިން ގުރުއާން އަޑުއަހަމުން މިއުޒިކްވެސް އަޑުއަހާނަމޭ. ނަމާދުވެސް ކުރަން އެކަމަކު ހުއްދަނޫން ކަންތައް ކުރެވޭކަމަށްވެސް ގަބޫލުކުރަން. އެންމެން އަދާހާ މާތް ނުވެ ހިނގައިދާނެ. އެކަމަކު މިނަލްއޭ ކިޔައިގެން ތި ދައްކާ ވާހަކައަކީ ކާކުގެ ޚިޔާލީ ފޮލާއެއްތަ؟ އަދާ ސްޓޯރީއެއް ކްރިއޭޓްކުރަން މިނަލްގެ ބޮލުގައި އެޅުވީތަ؟ މިނަލް ތިހެން ނުބުނާނެ. ދާނިލްއަކީ އަހަންނާއި ޖޫނީގެ ދަރިއެއް. މިނަލްއާއި ލޭގެ ގޮތުން އެއްވެސް ގުޅުމެއް ހުރި ކުއްޖެއްނޫން....."
އަދާރާއަށް އޮޅުން އެރިއެވެ. ގަބޫލުކޮށްފައި ނުކުރަންވީ ކާކުގެ ވާހަކައެއް ކަމެއްވެސް ނޭގުނެވެ. ހުސާމްގެ ލޮލަށް ވެރިވި ސީރިޔަސް ކުލަތަކުން އެއީ ހަގީގަތުގައިވެސް މިނަލް ހަދައިގެން ދެއްކި ވާހަކައަކަށް ވެދާނެކަމަށް ހިތުގެ ކަނަކުން ބުނަންފެށިއެވެ. ހުސާމް ކިތަންމެ ގޯސްވިޔަސް އޭނަގެ މައިންބަފައިންގެ ހަޔާތުގައި ފޮޅުނު ހަމައެކަނި ފިނިފެންމަލަށް ގަދަރުކުރާނެއެވެ.
"މިނަލް ދޮގެއް ނަހަދާނެ..."
"މިނަލްވެސް އަދާހާ ސޯލިހު ނުވެ ހިނގައިދާނެ. އަދާ ޖޭކުރަންވެސް އޭނަ ސްޓޯރީއެއް ހަދާފާނެ..."
"ހެކި ދައްކާ..."
"އަހަރެން ކޮންމެހެން އަދާއަށް ހެކި ދެއްކުމުގެ މާނައެއް އެބައޮތްތަ؟ އަދާ މަށާއިމެދު ވިސްނާނެގޮތަކަށް ވިސްނާ. އަހަރެންގެ ފަރުވާލެއްނެތް. ނުބައިކޮށް ވިސްނިޔަސް ރަގަޅަށްވިސްނިޔަސް ދެމީހުންގެ ރާސްތާ ވަރަށް ތަފާތު، އެއް ދުނިޔެއެއްގައި އެއް އާއިލާއެއްކަމުގައިވާ އިންސާނުންގެ ދުނިޔަވީ ދަތުރުގައި މިފަދަ އެތައް ބަޔަކާއި ދިމާވެ ފިލާވަޅުތައް ލިބޭނެ. އަހަރެންވެސް އަދާދެކެ ވަރަށް ލޯބިވިން އަދިވެސް ނުވެއެކޭ ބުނާކަށް ނޭގޭ. ލަވްގެ ޑެފިިނިޝަން އެކި މީހުންނަށް ތަފާތުވެސް ވެދާނެ. އަހަންނަށް އަދިވެސް ހަމަ ތިއީ ޚާއްސަ ކުއްޖެއް. އެތައް ފަހަރު ބުނެވިދާނެ. އައި ލަވް ޔޫ......" ހުސާމްގެ ލޮލުގަައި ނުސިޔާނުކަމެއްވިއެވެ.
"މިނަލް ބުނެގެނެއްނޫން. ލޮލުން ފެނުނީމަ ގަބޫލުކުރީ..."
"ލޮލަށް ފެންނަ ކޮންމެ މަންޒަރަކީ ހަގީގަތަކަށް ނުވެ ހިނގައިދާނެ....."
"އެއީ ހަގީގަތެއް. ހެކި ނުދައްކަނީސް ގަބޫލެއް ނުކުރެވޭނެ.."
"އަދާ. ހެކި ދައްކާކަށް ނޫޅެމޭ. އަހަރެން ބުނިހެން ފަރުވާލެއްނެތް އަދާ ގަބޫލުކުރާގޮތަކަށް ކުރޭ...."
"އަހަރެން ބޭނުމީ އާރިސްއާއިއެކު އުފާވެރި ހަޔާތެއް ހޯދަން. ކޮންމެފަދަ އުނިކަމަކާއިއެކުގައިވެސް އެކީގައި އުޅޭގޮތަށް މިހިރީ. އަހަރެން މިގެއަށް އައި ނިޔަތް ނުބައިވިޔަސް ހިތް ސާފުވެއްޖެ. ހުސާމްވެސް ދެން އެއީ ނުވާކަމަކަށް ހަދާ...."
"ތިހެން ބުންޏަސް ތި ހިތުން ދުވަހަކު މަގޭ ނަން ފިލައިގެނެއްނުދާނެ. ކިހާވަރަކަށް ލޯބިވީ. މޮޔަވާވަރަށް. ކިހިނެއް ހަނދާން ނައްތާނީ. އެކަމެއްނުވާނެ އަދާ.. ހިތުގައިވާ ޖަޒުބާތުތައް ފޮރުވަން އުޅުނަސް ތި ދެލޮލުން ފެންނަނީ ހިތްތައް. އަހަންނަށްޓަކާ ދިއްލިފައިވާ ލޯބީގެ ހިތްތައް.............." ހަގީގަތުގައި ހުސާމްއަށް އެވަގުތު އެހެން ބުނަން މަޖުބޫރުކުރުވީ އަދާގެ ލޮލުން އޭނައަށް ފެނުނު ބީރައްޓެހިކަމާއި ދުރު ހިލޭކަމެވެ. އެލޮލުން ދައްކުވައިދިނީ އެ އަންހެންކުއްޖާގެ ސާބިތުކަމެވެ. ހަގީގަތަކީ ހުސާމްގެ ހިތުގައި އަދާރާއަށް ލޯތްބާއި ކުލުނުވެސް އޮތްކަމެވެ. ނަމަވެސް މިހާރު އޭނައަށްވެސް ލޯ ހުޅުވި އަދާރާ ދެއްކި ވާހަކަތައް ގަބޫލުކުރެވިއްޖެއެވެ. އަދާރާގެ މަންޒިލަކީ އާރިސްކަމަށް ވަންޏާ އޭނަވެސް އެދެނީ އާރިސް އުފަލުގައި ހުރުމެވެ. އާރިސްއަށް ނަފްސާނީގޮތުން ގެއްލުމެއް ލިބިފައިވިޔަސް އަދާރާގެ ލޯބި އެބައްޔަށް ލިބޭ ޝިފާއަކަށްވެސް ވެދާނެއެވެ. އޭނަގެ ހިތް އެގޮތަށް ބުނެދިނަސް އަދާރާގެ ގާތު އެހިތް އެއްބަސްނުވާނެއެވެ. އެއީ އޭނަ ދެކުނީ ބަލިވުންކަމުގައެވެ. އަދާރާގެ ގާތުގައި ހަތިޔާރު ބަހައްޓާކަށް ޟަމީރު ތަނެއް ނުދިނެވެ.
އަދާރާ ހީލިއެވެ.
"ތިހެން ފެނިދާނެ. އެކަމަކު މިހާރު މިލޮލުގައި ބައްތިތައް ދިއްލިފައިވަނީ އާރިސްއަށްޓަކާ. ހީޒް މައި އެވްރީތިން....."
"ގުޑް ލަކް ދެން....." ހުސާމް ބުމަ އަރުވައިލުމަށްފަހު ދާން ހިނގައިގަތެވެ.
"އަހަރެން އެޑްވައިސްއެއް ދޭނަން. ވަގުތު އޮތްވާ ހުސާމްވެސް ޗޭންޖްވޭ. ރަގަޅަކަށްނޫން ތިއުޅެނީ. އިސްލާހުވޭ. މާދަންވެސް މަރުވެދާނެ..."
"އައި ވޯންޓް ޑައި. އެކަމާ ހިތާމަނުކުރޭ..." ހުސާމް ބޮޑާގޮތަކަށް ހީލިއެވެ.
"ސުބުހާނަﷲ ބިރެއްނުގަނޭތަ؟"
"މަރުނުވާނެއޭ މިބުނީނު. ..ބިރެއްނުގަނޭ މަރުވާނެތީ. އަހަންނަށް ޔަގީންކަން އެބައޮތް. ދެރަގޮތެއް މަށަކަށް ނުވާނެ.."
ހުސާމް ކުފުރު ވައްތަރަށް ވާހަކަ ދައްކަން ފެށުމުން އަދާރާ ވާހަކަ އޮޅުވައިލަން މަސައްކަތްކުރިއެވެ. "ޖުއާނާއަކީ ރަގަޅު ކުއްޖެއް. ދެރަގޮތެއް ނަހަދާތީ. ވަރަށް ފްރެޖައިލް ހާޓެއްގެ ވެރި އަންހެންކުއްޖެއް. ހަގީގަތް އެނގޭ ދުވަހަކުން އެކުއްޖާގެ ހިތް ހަލާކުވާނެ.."
ހުސާމް ބޭރަށް ނުކުމެ ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭނަ ކިތަންމެ އަންހެންކުއްޖަކާ ރައްޓެހިވިކަމަށް ސޯޝަލް މީޑިއާގައި މަޝްހޫރުވިޔަސް އެއީ ވެސް ދައްކައިލެވޭ ދަޅައެކެވެ. އޭނަ ރީތިވެފައި ސެލެބްރިޓީއަކަށް ވުމުން އެންމެންގެ ސަމާލުކަން ލިބި އަދި ފޭނުން އޭނަގެ ގޮސިޕްތައް އަޑުއަހާ ކިޔަން ލޯބިކުރާނެއެވެ. އެއަންހެންކުދިންނާއި ގާތްކޮށް އުޅުނަސް އަބަދުވެސް ވަކި އިމެއްގައި ގެންގުޅެއެވެ. ކައިވެނީގެ ބޭރުން އެއްވެސް އަންހެންކުއްޖަކާއި ގުޅުން ބޭއްވުމަކީ އޭނަގެވެސް އުސޫލެއްނޫނެވެ. މައިންބަފައިން އޭނަ އެއްލައިލި ކަމުގައިވިޔަސް އޭނަ އަންހެނުންނަށް އިހުތިރާމްކުރެއެވެ. އަމިއްލަ ދަރިންނަށްވުރެ ލޯބިން ގެންގުޅުނު އޭނަގެ މަންމަ ޝުވޭކާރުއަށް ކުރާ ގަދަރާއި ލޯބީގެ ސަބަބުން އެހެން އަންހެނުން ބަދުނާމުވާފަދަ ކަމެއް އޭނަ ނުކުރާނެއެވެ.
***
އާރިސް ބޭސްކާން އުޅެފައިވެސް ބޭސް ފާޚާނާ ތަށިގަނޑަށް އެއްލާލާފައި ފްލަޝްކޮށްލިއެވެ.
"މިއަކުން ކުރާނެ ފައިދާއެއްނެތް. ކާކު އަހަރެންދެކެ ލޯބިވާނީ؟ އެކަކުވެސް ނުވާނެ....އަދާރާވެސް އޮޅުވައިލީ. އެހާ ރީތިކޮށް މެސެޖްކޮށްފައިވެސް ސޭމްއާއެކު....ހެލުސިނޭޝަންއެއްކަމަށް ހީވިޔަސް އެއީ ހަގީގަތް. އަހަންނަށް އެކަން ޔަގީން. މަންމަމެންވެސް ދޮރުގައި ތަޅާނެކަމެއްނެތް. އަހަރެން ބޭނުމެއްނޫން ދުނިޔެއާއި ކުރިމަތިލާން...ފޫހިވެއްޖެ.."އާރިސް ކޮޓަރިތެރޭ ދެކޮޅަށް ހިނގަމުން ދަނިކޮށް އައްޔާޝްގެ މެސެޖެއް ފެނުނެވެ. އެ މެސެޖް ލޮލުގައި އަޅައިގަތުމުން ހުޅުވުމާއެކު ހިތަށް ކުރެވުނީ ނާދިރު އިހުސާސްއެކެވެ.
"ހީ ފައުންޑް ޔޫ ލޮސްޓް އެންޑް ގައިޑެޑް...."
ޟުހާ ސޫރަތުގެ އެ އާޔަތް ފެނުމުން އާރިސްގެ ލޮލުން އޮހިގަތް ކަރުނަ ތިކިތައް ކޯތާފަތްމަތިން ތިރިއަށް ދެމިގަތެވެ. ﷲގެ ބަސްފުޅުން ހިތަށް ކުރި އަސަރަކީ މުޅިން ތަފާތު އިހުސާސްއެކެވެ. އޭނަ އަކީ ކުރިން ދޮންބެފަދައިން ދީނާއި ގާތްވެގެން އުޅުނު މީހެއްނޫނެވެ. ނަމަވެސް މިފަހަކަށް އައިސް އައްޔާޝްގެ ސަބަބުން ދީނީ ހޭލުންތެރިކަން އިތުރުވެ ޒިކުރުތަކާއި ދުޢާ އަދި އަޅުކަންތައްތަކުގެ ހުރި މުހިއްމުކަން ވިސްނެންފެށިއެވެ. އެކި މީހުންނަށް ހިދާޔަތް ލިބޭނީ އެކިގޮތަށެވެ. އެކި އާޔަތްތަކުންނެވެ. އެކި ބަސްތަކާއި ދަރުސްތަކުންނެވެ. ހުވަފެންތަކުންވެސް މެއެވެ. އާރިސްއަށް ހިދާޔަތް ދެއްވުމަށް މެދުވެރިވީ އެ ބަސްފުޅެވެ. ވަރަށް ގިނައިރުވާންދެން އެ އާޔަތަށް ބަލަން އޮވެވުނެވެ. ރޮވުނެވެ.
ބޭސްނުކައި ދެތިން ދުވަސްވުމުން އާރިސްގެ ހާލަތު އިތުރަށް ގޯސްވެ އޭނަގެ ސިކުނޑިތެރޭ އެނބުރޭ އަޑުތަކާއި ލޮލަށް ތަސްވީރުވާ މީހުންގެ އުދަގޫބޮޑުވިއެވެ. އަދާރާއާއި ވާހަކަނުދައްކަން ހުވާކޮށްގެން ހުރިފަދައެވެ. ވެގެން އުޅޭގޮތެއް އަދާރާއަށް ރޭކާނުލިއެވެ. އޭނަ އާރިސްއަށް އެތައް މެސެޖެއް ފޮނުވިއެވެ. ފަހުން އެނގުނީ އާރިސްގެ ބަލި ބޮޑުވީކަމެވެ. އަދާރާއާއި މިނަލް ޝޮޕިން މޯލަށް ވަދެފައި ބޭނުންވާ ސާމާނު ގަނެލައިގެން ނިކުތްއިރު ހިމަފޮދު ވާރޭ ތިކިތައް ޖަހަމުން ބިންގަނޑު ތެންމަމުން ދިޔައެވެ.
"އެހެންވެކަން ނޭގޭ. އެހެންވާންވީ ކީއްވެ؟ ކިހާ ރަގަޅަށް އާރިސް ހުރީ؟"
"ބޭސް ނުކަނީއޭ މަންމަ ބުނީ، މަންމަމެން ގެނެސްދޭ ކާއެއްޗެއްސަށްވެސް ސިހުރުލާފައޭ ލުސިފާރ ބުންޏޭ ކިޔާފައި ނުކައި ހުންނަނީ. މަންމަމެން ބޭސްއަޅާފާނެތީ ބިރުން އަމިއްލައަށް ނޫޑުލްސް ނޫނީ ޕާސްތާ އެއްޗެއް ކައިގެން އެހުންނަނީ...." މިނަލް ބުނެދިނެވެ.
"ކޮބާ ސޭމް؟ ސްޓިލް ބޯއިފްރެންޑް؟"
"ޔެސް......އައިމް ސޯ އިން ލަވް ވިތް ހިމް..." ކޮނޑުމައްޗަށް ދޫކޮށްލާފައިވާ ބޯ އިސްތަށިގަނޑާއި ކުޅެލަމުން މިނަލް ދުރަށް ނަޒަރު ހުއްޓާލައިފިއެވެ.
"ޖުއާނާ ވަރަށް ސްޓްރޯންގް. ސޭމް އެވަރަށް އަންހެންކުދިންނާއެކު މިހާރު އުޅޭއިރުވެސް ކެތްކޮށްލައިގެން އެހުންނަނީ....މިނޫއަށް އުދަގުލެއްނުވޭތަ؟ ޝެއާކުރަން؟"
"ޝެއާ ކުރިޔަސް މަދުވާ އެއްޗެއްނެތް..."
"ޔެސް މިނޫ. ދީނުގައި ހަތަރު އަނބިން ހުއްދަ އެހެންވީމަ ތިއީ ތެދެއް އެކަމަކު ސޭމް އުޅޭ ވައްތަރުން އެހެން ބުނެލީ. އަންހެންކުދިންނަށް ކަމުދަނީ އެކަހަލަ ޕްލޭބޯއިސްކަން ނޭގޭ......"
"އަހަރެން ކުރިންވެސް ބުނީމެއްނު ޖުއާނާދެކެ ސޭމް ލޯތްބެއްނުވޭ. އޮބްވިއަސްއެއް ނޫންތަ؟ އިންސާނުން ވަރަށް މަކަރުވެރިވާނެ. ޖުއާނާވެސް މަތިންބައިން ޖެހިގެން އޭނައާއި ސޭމްގެ ގުޅުން ރަގަޅުކަން އަންގެން ހިމޭނުން ހުންނަނީ. އަދި ދެރަވެ ހިތާމަކުރާނެ...ޖުއާނާ ޖެހޭނީ ސޭމްގެ ލައިފުން ދުރަށް ދާން. ހެޔޮ ކިތަންމެ ބޮޑު ގުރުބާނީއެއްވިޔަސް..."
"މިނޫ. އައި ފީލް އެދެމީހުން އެކަކު އަނެކަކުދެކެ ލޯބިވާހެން. ކެމިސްޓްރީ އޮވޭ...ކިތަންމެ ރީތި މީހަކަށްވެސް އަދި ކެމިސްޓްރީ ނެތިވެސް ހިގައިދާނެ....."
"ތިއީ ހީވާގޮތް....އަދާ އަހަރެން ރުޅިއަރުވަން ތިކަހަލަ ވާހަކަނުދައްކާ...."މިނަލް މޫނު ހަދާލާފައި ކުއްލިއަކަށް ކުރި އަރައިގެން ދާން ފެށުމުން އަދާރާ ފަހަތުން ހިނގައިގަތެވެ. މިއީ އެއްފަރާތުންވެވޭ ލޯތްބެއްހެއްޔެވެ؟ ހަގީގަތެއްވެސް ނޭގެއެވެ. ބައެއްފަހަރު މިނަލްގެ އުޅުމުން ޝައްކުވެ ހުސާމްގެ ކޮޅަށް ތިލަފަތް ބުރަވާން އުޅެއެވެ.
***
"ބައެއްފަހަރު މަގޭ މާމަ ދަރިންކޮޅު ފެނުނީމަ ކެތްނުވެގެން ހަމަ ގޮސް މަގޭ ދަރިފުޅު ސޭމް ގާތު ހަގީގަތް ކިޔައިދޭން ހިތަށް އަރާ. އެކަމަކު މިއީ އާންޓް ނޫންކަމާއި މަންމަކަން އެނގިއްޖެއްޔާ ދަރިފުޅުގެ ހިތް ބަދަލުވާނެތީ ބިރުގަނޭ...." އުރުސުލާ އޭނަގެ ދައްތަ ޝުވޭކާރުއާއިއެކު ބަގީޗާތެރޭގައި ސައިބޯން ތިބިއިރު ވަށައިގެން ފެންނަނީ ތާޒާ ވާރެއިން ތެމިފައިވާ ގަސްތަކެވެ.
"ކޮބާ މައްސަލައަކީ؟ ސޭމްވެސް އުފާވާނެ އޭނަގެ ބައްޕައަކީ މިއުޒިކް ލެޖެންޑެއްކަން އެނގުނީމަ. ޓީން ޕްރެގްނެންސީއަކަށްވީމަ މަންމަމެން އެކަން ސިއްރުކުރުވަން ބޭނުންވެ މަގޭ ދަރިއަކަށް ހެދުމަކީ ހަގީގަތުގައިި ކޮއްކޮގެ ކުށެއްނޫނެއްނު...މަންމައަކަށް ދެވޭނެ ލޯބި އާންޓްގެ ނަމުގައިވެސް ދެމުން ތިއައީ. ސޯ ކޮބާ މައްސަލައަކީ؟ ސޭމްއަކީ ރަގަޅު ކުއްޖެއް. އަހަރެންގެ ކޮއްކޮގެ ދަރިކަމުން އަހަންނަށްވެސް އޭނަ ގެންގުޅެވުނީ ނިކަން ލޯބިން ސްޕެޝަލް ކޮށްލައިގެން. އެހެންވެ ސްޕޮއިލްވެފައި ހުރީ..."
ހުސާމް އެހުރިހާ ވާހަކަތައް އަޑުއަހަން ގަހުގެ އަނެއްފަރާތުގެ ބުޑުމަތީގައި އިންކަމެއް އެދެބެންނަކަށް ނޭގުނެވެ. ޝޮކެއް ލިބުނުނަމަވެސް އެވާހަކަތައް އެހާ ސާފުކޮށް އިވި ހަގީގަތުން ފަރުދާ ޖެހިއްޖެއެވެ. ފާރުގައިވެސް ކަންފަތް ހުރެއޭ ބުނެއުޅެއެވެ. އެދެމީހުން ހިތުން ވަށައިގެން އެއްވެސް މީހެއްނެތެވެ.
"އޭނަގެ ބައްޕަގެ ރީތި އަޅިދެލޯ ލިބުމުން އަހަންނަށް ހަމްދުކުރެވުނު...."
"އޭރު ކޮއްކޮ މޮޔަވެގެން އޭނަގެ ހުރިހާ ކޮންސަޓެއް ބަލަން ގޮސް އެންމެ ކުރިން އިންނާނެ. އޭނަގެ ލަވަޖެހުން ނޫންކަމެއް ނުކުރޭ. ފާޑަކަށް ދީވާނާވީ ދޯ...އަހަރެން ގޮވައިގެން ގޮއްސަ ހުއްޓާ އޭނަ އެންމެ ކުރިން މަށަށް އޮޓޯގްރާފް ލިބުނީ. އޭނަ ލިޔުނީ މަގޭ އަތުގައި އެކަމާއި ރުޅިއައިސްގެން ކޮއްކޮ މަގޭ އަތް ކާނުލީ ކިރިޔާނު. މަގޭ އަތުގައި ހިފަހައްޓައިގެން އޮވެ ނިދައިލީ..." ޝުވޭކާރު ހިނިގަނޑެއް ޖަހާލައިފިއެވެ.
***
އައްޔާޝް ގެ ސަބަބުން އަޅުވެރި ޒުވާނުން ގިނަވެ ވަކި ފިކުރެއް ދިރުވަފާނެތީ މައިމޫން ކަންބޮޑުވިއެވެ. ކުށެއްނެތި އެތައް ޒުވާނުންނެއް ހައްޔަރުކޮށް ހައި ސިކިއުރިޓީ ޖަލަށް ލެވުނެވެ. ހަރުކަށި ފިކުރަށް ނުވިކަމުގައިވިޔަސް މާބޮޑަށް ދީނަށް ލޯބިކުރުމަކީ އެމީހުންގެ ސަރުކާރަށް ގޮންޖެހުންތަކެއް ދިމާވެ ބޭރުދުނިޔެއާއި ގުޅުން ހީނަރުވެދާނެކަމެކެވެ. ސިޔާސަތާއި ދީން ވަކިކުރަން ޖެހޭނެކަމުގައި މައިމޫން ދެކުނެވެ. އެދުވަހު ގެއަށް ދުރުވިގޮތަށް އައްޔާޝްއާއި ކުރިމަތިލާ އިންޒާރެއްދެއްވިއެވެ. އައްޔާޝްގެ ހުރިހާ ދީނީ އޮފީސްތަކާއި ޗެނެލްތައް ބަންދުކުރަން ފަސްނުޖެހޭނެކަމަށާއި ނޫނީ ސަރުކާރާއި ދެކޮޅު ހަރަކާތްތައް ހިންގުން ހުއްޓައިލަން އެންގެވިއެވެ.
"ޖަލަށް ލިޔަސް ހުރިހާ ހަރަކާތްތައް ހުއްޓުވިޔަސް އަޅުގަނޑު ދީނަށް ކުރާ ލޯބި އިތުރުވުން ނޫންކަމެއްނުވާނެ..." އައްޔާޝް އޭނަގެ ބައްޕައާއި ހަތަރުކަޅި ހަމަކުރިއެވެ.
"ސަރުކާރަށް ފާޑުނުކިޔާ އައްޔާޝްއަށް ދީން ކުރިއެރުވިދާނެ..."
"އައި ޑޯންޓް ތިންކް ސޯ. ސަރުކާރުން ދީނާއި ދެކޮޅު މަކަރުވެރި ރޭވުންތައް ރާވަންޏާ ހުއްޓުވަން ޖެހޭނެ. އަޅުގަނޑު މި ހަރަކާތް ދޫނުކުރާނަން. ދަން ޖެއްސިޔަސް ހެޔޮ............"
"ޔޫ އާ ނޮޓް ގިވިން މީ އެނީ އަދާ ޗޮއިސް މައި ސަން...."
ފަހަތުން އައި ދެފުލުހުންނަށް އިޝާރާތްކުރުމާއެކު އެމީހުން އައްޔާޝްގެ އަތުގައި ބިޑި އެޅުވިއެވެ. އެ މަންޒަރު ބަލަން އިން ޝުވޭކާރުގެ ލޮލަށް ކަރުނަ ޖަމާވި ނަމަވެސް ހިތްވަރުކޮށްލާފައި ކަރުނަތައް ދިރުވާލައިފިއެވެ.
***
ރިޒޯޓްގައި އޮތް ކޮންސަޓަށް ލިބުނު ތަރުހީބުގެ ސަބަބުން ހުސާމްއަށް ބަޔާން ނުކުރެވޭފަދަ އުފަލެއް ލިބުނެވެ. އޭނަގެ ލަވަތަކަށް ލިބޭ ތަރުހީބު ދަނީ ބޮޑުވަމުންނެވެ. އޭނަގެ ބައްޕަގެ މަޝްހޫރު ލަވައެއް ކިޔައިލެއް ރީތިކަމުން އަދި ވަކިން ބޮޑަށް މީހުންގެ ގާތުގައި މަގުބޫލުވިއެވެ. ހަމައެކަނި ޒުވާނުންނެއް ނޫނެވެ. މުސްކުޅިންނާއި ކުޑަކުދިންވެސް އޭނަގެ އަތުގައި ބޮސްދީ އޮޓޯގްރާފަށް އެދެމުން ދިޔައެވެ. ސަލާމަތްވެވުނީވެސް އެތައް އިރެއްފަހުންނެވެ. އެހެން އެކުވެރިންނާއެކު ރާބޮއި މަޖާކުރަން ތިބުމަށްފަހު އޭނަ ކާރަށް އެރިއިރު ރަގަޅަށް ލޯވެސް ހުޅުވާނުލެވެއެވެ. އަގުބޮޑު ފެރާރީ ކާރުގައި ރޭސްޖެހިގޮތަށް މަގުން ކަހާލައިގެންދިޔަ ބާރުމިނުގައި މޫދަށް ވެއްޓުމާއެކު އެ މަންޒަރު ހަމަ ލޮލަށް ފެނުނު މީހުންނަށް ޝޮކެއް ލިބުނެވެ.
ނުނިމޭ