15 Apr 2012, 15:14
މާފަންނުގައި ހުންނަ އައިޓަމްސް ފިހާރަ ކައިރީގައި ރޭ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ޒުވާނާގެ މެއަށާއި ބުރަކަށްޓަށް ހަމަލާދީފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ އިރާކޮޅުގެ ވަގުތެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މ. މައިމަގުމަތީގޭ މުހައްމަދު ހިލާލް 25، ގެ ހަށިގަނޑުގެ ދެ ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާއިރު އެމައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިނުވާ ކަމަށެވެ.
އައިޖީއެމްއެޗުން ބުނީ ރޭ ޒަހަމްކޮށްލި ޒުވާނާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށާއި އޭނާގެ ހާލު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށެވެ.