15 Apr 2012, 14:40
ފުވައްމުލަކު އަތޮޅު ކައުންސިލުން އެ ރަށު މާދަމޑުގައި ބާއްވަން ހަމަޖައްސާފައިވާ ދަރުސްއެއް އެ ދާއިރާގެ ކައުންސިލްގެ ރައީސް ކެންސަލް ކޮއްފައިވާ ކަމަށް ބުނެ އެކަމާ ދެކޮޅަށް އެ ރަށުގައި މުޒާހަރާ ކުރަން ފަށައިފި އެވެ.
އަތޮޅު ކައުންސިލުން ބުނީ ބަޔަކު މީހުން މުޒާހަރާ ކުރަމުންދަނީ ފުވައްމުލަކު ރަށު ކައުންސިލްގެ އިދާރާގެ ކުރިމަތީގައި ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.
އެ ރަށު މީހަކު ސަން އަށް މިއަދު ބުނީ މިއަދު މެންދުރު ނަމާދަށް ފަހު، 15 ވަރަކަށް މީހުންގެ ގްރޫޕަކުން މުޒާހަރާ ކުރަމުން ދަނީ ރައްޔިތުންނާ މަޝްވަރާ ކުރުމެއް ނެތި ދީނީ ނަސޭހަތް ދިނުން ކެންސަލް ކުރުމުން އެކަމާ ހިތްހަމަނުޖެހިގެން ކަމަށެވެ. އަދި އެ ދަރުސް އަލުން ޝެޑިއުލް ކުރުމަށް ޑިމާންޑް ކުރަމުން އަންނަ ކަމަށް ވެސް އެ މީހާ ބުންޏެވެ.
"އަޅުގަނޑުމެން މިބުނަނީ އަޅުގަނޑުމެން ދަރުސް ބާއްވަން ބޭނުމޭ އެކަމަކު އަޅުގަނޑު މެން ކައިރި ނުވެސް އަހާ ދަރުސް ކެންސަލްކުރީ" މުޒާހަރާގެ ބައިވެރިއަކު ބުންޔެވެ.
މި ދަރުހަކީ މިދިޔަ ހުކުރު ދުވަހު މާދަނޑު އިނާރާ މިސްކިތުގައި ބާއްވަން ހަމަޖައްސާ ފައިވާ ދަރުސްހެކެވެ. މިދަރުސް ދިނުމަށް ހަމަޖެހިފައިވަނީ ޝެއިހު އިދުރީސް އެވެ.