ރަށު ކައުންސިލްގެ ބައި އިލެކްޝަނުގައި ހދ. ކުމުންދު އާއި ތ. ގާދިއްފުށީގައި މިއަދު ނެގި ވޯޓުގައި ގާދިއްފުށީ ގޮނޑި އެމްޑީޕީން ކާމިޔާބުކޮށް ކުމުންދޫގެ ގޮނޑި ޕީޕީއެމުން ގެންގޮސްފި އެވެ.

އިލެކްޝަންސް އިން މިރޭ އެ ދެ ކައުންސިލުގެ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ އިއުލާން ކުރިއިރު ކުމުންދޫ ރަށު ކައުންސިލަށް ޕީޕީއެމުން ވާދަކުރި މުހައްމަދު ޝާފީ ކައުންސިލަށް ހޮވި ވަޑައިގެންނެވީ 257 ވޯޓުންނެވެ. އަދި އެ ގޮނޑިއަށް އެމްޑީޕީން ކުރިމަތިލެއްވި އައިޝަތު ހަސަނަށް ލިބިވަޑައިގަތީ 164 ވޯޓެވެ. ދެން ވާދަކުރެއްވެވި ޑީއާރްގެ އަބްދުލްހަކީމަށް ލިބި ވަޑައިގަތީ 123 ވޯޓެވެ.

ގާދިއްފުށީ ބައި އިލެކްޝަންގައި އެމްޑީޕީން ކުރިމަތިލެއްވި މުހައްމަދު އިރުޝާދު 223 ވޯޓް ހޯއްދެވި އެވެ. އަދި އެ އިންތިހާބުގައި ޕީޕީއެމުން ކުރިމަތިލެއްވި ހުސައިން ޒިޔާއުއަށް ލިބި ވަޑައިގަތީ 169 ވޯޓެވެ.