މިރޭ ވެސް ޒުވާނެއްގެ ބުރަކަށްޓައް ވަޅި ހަރާ ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ އައިޓަމް ފިހާރަ ކައިރިން މިރޭ 9:40 އެހާއިރު ތޫނު އެއްޗެއް ހަރާލައި ޒަހަމްކޮށްލުމުން ލިބުނު ސީރިއަސް އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނީ މ. މައިމަގުމަތީގޭ މުހައްމަދު ހިލާލް 25، އަށް ކަމަށެވެ.

ފުލުހުން ބުނީ އޮޕަރޭޝަނެއްކުރުމަށްޓަކައި ހިލާލް ތިއޭޓަރަށް ވައްދާފައިވާ ކަމަށާއި އޭނާއަށް ހަމަލާ ދިން މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

ހިލާލަށް ލިބިފައިވާ ޒަހަމްތަކުގެ ތަފުސީލު ސާފުވާ ގޮތެއް އަދި ނުވެ އެވެ.