14 Apr 2012, 20:14
ރާއްޖޭ ޓީވީގެ ދެ ޕްރެޒެންޓަރަކަށް ހުޅުމާލޭގައި ހަމަލާ ދީފި އެވެ. މިއަދު އިރުއޮއްސި 6:45 އެހާކަންހާއިރު މި ހަމަލާ ދީފައިވަނީ ރާއްޖެ ޓީވީގެ "ދުންކަރާސް" ހުށައަޅައި ދޭ ޕްރެޒެންޓަރުން ކަމަށްވާ ގުފްތަގު އަޖީރާއި މުހައްމަދު ޖިނާހަށެވެ.
ޖިނާހަށް ތޫނު އެއްޗަކުން ހަމަލާދީފައި ވަނީ އޭނާގެ ބުރަކައްޓަށެވެ. ގުފުތަގުގެ ލޯމަތީގައި ޖެހީ އެވެ.
ފުލުހުން ބުނީ އެ ހަމައިގެ ހަބަރު ލިބުމުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެހެންނަމަވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮއްފައި ނުވާ ކަމަށެވެ.
ގުފްތަގު ބުނީ އޭނާއާ ޖިނާހު ހުޅުމާލޭ ބޯޅަ ދަނޑު ކައިރީގައި ތިއްބާ ދެ ސައިކަލެއްގައި އައި ހަތަރު މީހަކު އެމީހުނަށް ހަމަލާދީނީ ކަމަށެވެ.
"ޖިނާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ވަނީ ޒަހަމްވެފައި އަދި އަޅުގަނޑުގެ ލޯމަތީގައި ޖަހާ ވަނީ ދުޅަކޮށްލާފައި،" ގުފުތަގު ބުންޏެވެ.
މި ހަމަލައަށް ފަހު ގުފުތަގަށާއި ޖިނާހަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދީފަ އެވެ.