14 Apr 2012, 19:56
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ބައި އިލެކްޝަންގެ ނަތީޖާ ގަބޫލުފުޅު ނުކުރައްވާ ކަމަށާއި އެމްޑީޕީގެ ތިމަރަފުށީ ކެންޑިޑޭޓް މުހައްމަދު މުސްތޮފާ ވިދާޅުވެއްޖެ އެވެ.
މުސްތޮފާ މިރޭ ވިދާޅުވީ އޭނާ ގަބޫލުފުޅު ނުކުރައްވަނީ އެ ދާއިރާގެ ގުރައިދޫގެ ވޯޓް ކަމަށާއި އެ ވޯޓުގައި ގަބޫލުފުޅު ކުރައްވަން ދަތި މައްސަލަތައް އެބަހުރި ކަމަށެވެ އަދި ވިދާޅުވީ ގުރައިދޫގައި މިއަދު ގާތްގަނޑަކަށް 800 މީހުން ވޯޓުލުމަކީ އެއްވެސް ހަމައަކުން ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
މިއަދު ވޯޓްލީ އަދަދަށް ގުރައިދޫގައި ވޯޓްލެވޭ މީހުން ނުތިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ. މީގެ އިތުރުން އެ ދާއިރާގައި ވާދަ ކުރެއްވެވި އަބްދުއް ރަޝީދު އަބްދުﷲ ގެ މަންދޫބަށް ގުރައިދޫ ފޮށި ކައިރީގައި ނުހުރެވުމާއި ފުލުހުން އެ މަންދޫބު ހައްޔަރު ކުރުމަކީ ވެސް މައްސަލައެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
ބައި އިލެކްޝްގައި މުސްތޮފާ ބަލި ކުރައްވާ ޕީޕީއެމްގެ އަހްމަދު ޝަރީފު ކާމިޔާބު ހޯއްދެވީ 1،755 ވޯޓުންނެވެ. މުސްތަފާއަށް ލިބިވަޑައިގަތީ 1،327 ވޯޓެވެ.