14 Apr 2012, 10:13
ދެ މީހުންނާ އެކު މި މަހުގެ 8 ވަނަ ދުވަހު މާލެއިން ފަރުމަހަށް ނުކުތް ދޯންޏެއްގެ ގެއްލިގެން ކޯސްޓްގާޑުން ހޯދަމުން ދަނިކޮށް ރޭ ފެނިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ގދ. ރަތަފަންދޫ ސްކްރީނުގޭ މުހައްމަދު ވަހީދުގެ "ފަރުމާ" ދޯނި ގެއްލިގެން ހޯދަނިކޮށް ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަސް ފަހުން ފެނުނީ ރޭގެ ވަގުތެއްގައި އެ ދޯނި އައިސް އަމިއްލަށް މާލޭ ބަނދަރަށް އައުމުން ކަމަށެވެ.
"ފަރުމާ" ދޯނީގެ ވެރިފަރާތުގެ އާއިލާގެ މީހަކާ ހަވާލާދީ، ކޯސްޓްގާޑުން މިއަދު ބުނި ގޮތުގައި އެ ދޯނީގައި ތިބި ދެ މީހުންގެ ހާލު ވެސް ރަނގަޅެވެ. އަދި ފާއިތުވި ދުވަސްތަކުގައި އެ ދޯނި އުޅުނީ ފަރުމަސްވެރިކަން ކުރުމުގަ އެވެ. އެ ދޯންޏާ ނުގުޅުނީ މުވާސަލާތީ ހިދުމަތް ނުލިބިގެން ކަމަށް ވެސް ކޯސްޓްގާޑުން ބުންޏެވެ.
އެމްއެންޑީއެފުގެ ކޯސްޓްގާޑުން ބުނީ ދޯނި ހޯދުމުގެ މަސައްކަތް ފަށާފައި ވަނީ މާލެ އިން ފުރި ދޯނި ޅ. ނައިފަރު ބަނދަރުގައި އޮތުމަށް ފަހު އަންގާރަ ދުވަހު އެ ރަށުން ފުރިފަހުން ކަމަށެވެ.