ޑަބްލިޔޫ މޯލްޑިވްސް ރިސޯޓްގެ ޝެފް އޭނާގެ ކޮޓަރީގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. އުމުރުން 55 އަހަރުގެ އެމީހާ މަރުވެފައިވާ އޮއްވާ ފެނުނީ ރޭ މެންދަމު 3:40 ގައެވެ.

އިންޑިޔާގެ އެމީހާ ބެލި ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުނެފައި ވަނީ އެމީހާ މަރުވެފައި ވަނީ ވަނީ ވެސް މެންދަމުގެ ވަގުތެއްގައި ކަމަށެވެ. އެމީހާ މިވަގުތު ބާއްވާފައި އޮތީ އދ. މަހިބަދޫ ހޮސްޕިޓަލުގަ އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލު ވިދާޅުވީ އެމީހާ ހަށިގަނޑުން އެއްވެސް ކަހަލަ ޒަހަމެއްގެ ނިޝާން ފެންނަން ނެތް ކަމަށާއި ބޮޑަށް ލަފާ ކުރެވެނީ އެއީ އާދައިގެ މަރެއް ކަމަށެވެ.